ރީނދޫ ކުލައިގެ ޓީޝާޓް ލައިގެން ވެރިކަންކުރާ ޕާޓީއަށް ކެމްޕެއިން ކޮށްދިން މީހުންނާއި، ރިޔާސީ ވަޢުދު ފުއްދަން އެކުލަވާލެވުނު ކޮމިޝަނުގެ ރައީސަކަށް ތިބި މީހުން އިސްތިއުފާ ދިނުމުން ސުޕްރީމް ކޯޓަށް ޢައްޔަންކުރި ވާހަކަވެސް ދައްކަންޖެހޭކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގާނޫނީ ވަކީލަކަށް ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ހަމަޖެއްސެވުމާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ވަނީ އިއްޔެ ފަނޑިޔާރުކަމުގައި، މިއަދު އިދިކޮޅު ލީޑަރުގެ ގާނޫނީ ވަކީލަކަށް ހަމަޖެއްސެވިކަމަށް ރިޕޯޓްކޮށްފައެވެ.
އެކަމަށް ރައްދު ދެއްވަމުން ހައިލަމް ވިދާޅުވީ، ރިޔާސީ ވަޢުދު ފުއްދަން އެކުލަވާލެވުނު ކޮމިޝަނުގެ ރައީސަކަށް ތިބި މީހުން އިސްތިއުފާ ދިނުމުން ހަމަ އެދުވަހު ސުޕްރީމް ކޯޓަށް ޢައްޔަންކުރި ވާހަކަވެސް ދައްކަންޖެހޭކަމަށެވެ.
އިއްޔެ ރީނދޫ ކުލައިގެ ޓީޝާޓް ލައިގެން ވެރިކަންކުރާ ޕާޓީއަށް ކެމްޕެއިން ކޮށްދިން މީހުންނާއި، ރިޔާސީ ވަޢުދު ފުއްދަން އެކުލަވާލެވުނު ކޮމިޝަނުގެ ރައީސަކަށް ތިބި މީހުން އިސްތިއުފާ ދިނުމުން ހަމަ އެދުވަހު ސުޕްރީމް ކޯޓަށް ޢައްޔަންކުރި ވާހަކަ ވެސް ލިޔެލިނަމަ.
– ކްރިމިަނލް ކޯޓްގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް
ހައިލަމް އެހެން ވިދާޅުވެފައިވާއިރު، ގޮތްނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސްއަކަށް ހުންނެވި ހުސްނުއް ސުޢޫދު މަޤާމުން އިސްތިއުފާދެއްވުމުން، އޭނާ ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވާފައެވެ.
މިސަރުކާރު ގެނައުމަށް ކެމްޕެއިން ކުރި މީހުންނަށް ސިޔާސީ އެކި މަޤާމުތަކާއި، ދައުލަތުގެ އިސް މަޤާމުތައް ދިނުމުގެ އިތުރުން ޝަރުޢީ ނިޒާމުގެ އިސް މަޤާމުތައް ދެއްވާފައިވާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި ޝަރުޢީ ދާއިރާ އިޞްލާހު ކުރުމުގެ ވައުދާއެކު އައި ސަރުކާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށާއި، އެނޫންވެސް ފަނޑިޔާރުކަމަށް، ސިޔާސީ މައިދާނުގައި މަސައްކަތްކުރެއްވި ބޭފުޅުން އައްޔަންކޮށްފައިވާކަމުގެ ތުހުމަތުވެސް އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ