ސޮނަކްޝީ ދެން ކުޅޭނީ އަލަށް ޑައިރެކްޝަންއަށް ނުކުންނަ ކަރަންގެ ފިލްމްއެއް

ސޮނަކްޝީ ދެން ކުޅޭނީ އަލަށް ޑައިރެކްޝަންއަށް ނުކުންނަ ކަރަންގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
02 މާރޗް 2024 07:38
0

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ މުޅިން އަލަށް ބޮލީވުޑްއަށް ނުކުންނަ ޑައިރެކްޓަރެއްގެ ފިލްމް އަކަށް ސޮއި ކޮށްފިއެވެ.

އެކަން ވަނީ ސޮނާކްޝީ އޭނާގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައިއެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް ކަރަން ރަވަލް ޑައިރެކްޓްކޮށް، ވިޝާލް ރާނާ ޕްރޮޑިއުސްކުރާ ރޮމޭންޓިކް ތުރިލާއެއް ކަމަށެވެ.

ނަމަވެސް ފިލްމު އާއި ބެހޭ ގޮތުން މާގިނަ މައުލޫމާތެއް ހިއްސާ އެއް ނުކުރެއެވެ. ނަމަވެސް ބުނެފައިވަނީ ފިލްމް ގެ ޝޫޓިންގ ވަރަށް އަވަހަށް ފަށަން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ސަލްމާން ޚާނާ އެކީ 2010 ގެ "ދަބަންގް" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ފިތުރު އީދަށް ތާވަލުކޮށްފައިވާ އޮތް "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އެވެ. ސޮނާކްޝީ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2022 ގެ "ޑަބަލް އެކްސްއެލް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.