ކެޓްރީނާ އަކީ ވަރަށް ކެއްތެރި އަންބެއް: ވިކީ

ކެޓްރީނާ އަކީ ވަރަށް ކެއްތެރި އަންބެއް: ވިކީ

Author
ފާތިމަތު ނާވީ
01 މާރޗް 2024 01:19
0

ކައިވެންޏަށް ފަހުގައި އަންހެނުން އަދި ބަތަލާ ކެޓްރީނާ ކައިފް އަކީ ވަރަށް ކެއްތެރި އަންބެއް ކަމަށް އެކްޓަރު ވިކީ ކޯޝާާލް ބުނެފިއެވެ.

ވަރަށް ބޮޑަށް ކެޓްރީނާ އަށް ތައުރީފް ކުރަމުން ވިކީ ބުނީ ކެޓްރީނާ އަކީ ވަރަށް މަޑުމައިތިރި އަދި އެހާމެ ކެއްތެރި އަންބެއް ކަމަށެވެ. މީގެ ކުރިން ވެސް އެކި އިވެންޓް ތަކުގައި ވިކީ ވަނީ ކެޓްރީނާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނީ ކެޓްރީނާއާ ކައިވެނިކުރި ފަހުން އޭނާއަކީ މާ ކެތްތެރި އަދި މަޑުމައިތިރި މީހަކަށް ވެއްޖެ ކަމަށެވެ. އަދި އެ ސިފަތަކަކީ އޭނާ އަށް ވަރަށް ކަމުދާ ސިފަތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

އޭގެ އިތުރުން އެ ދެމީހުންނަކީ ތަފާތު ޝަހްސިއްޔަތެއްގެ ދެ މީހުން ނަމަވެސް ކެޓްރީނާއަކީ އެކުގައި އުޅެން ވަރަށް ފަސޭހަ މީހެއް ކަމަށް ވެސް ވިކީ ވަނީ ބުނެފައިއެވެ.

ވިކީއާއި ކެޓްރީނާ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އަދި އެދެމަފިރިންނަކީ ބޮލީވުޑްގެ ލޯބި ޖޯޑުގެ ގޮތުގައި މަޝްހޫރު ދެ ތަރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.