ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ، މަޖިލިހުގެ މަސައްކަތްތަކަށް ދާއިރާގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ، ލެޖިސްލޭޓިވް އެޖެންޑާއެއް ގާއިމްކުރުމަށް އަހަރަކު އެއްފަހަރު ދާއިރާގެ ރައްޔިތުނަަށް ޚާއްސަކޮށްގެން ޚާއްސަ މަހާސިންތާއެއް ބާއްވާނެ ކަމުގައި، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އުނގުފާރު ދާއިރާއަށްވާ އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ މިރޭ ބޭއްވުނު އެދާއިރާގެ ޕީއެސްއެމް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ބަހުސްގައި ކެނޑިޑޭޓުންނާއި އަމާޒު ކުރެއްވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ މަޝްވަރާ ހޯދުމުގައި އޭނާ ތަފާތު ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި، ލެޖިސްޓޭޓިވް އެޖެންޑާއެއް އެކަށައެޅުމަށް ޚާއްސަ މަހާސިންތާއެއް ބޭވުމުގެ ބޭނުމަކީ ކުރިޔަށް އޮންނަ އަހަރުގަ މަޖިލީހަށް ހުށަހަޅަންޖެހޭ ގާނޫނުތަކާއި އޭރުގެ ސިޔާސީ ހާލަތަށް ބަލާފަ ގެންނަންޖެހޭ ބަދަލުތަކާމެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމުގައެވެ.
ހަމަ އެހެންމެ ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާނެ ކަންތައްތަކާއި ބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްޓަކާ އަޅުގަޑު ބައްދަލުވުންތަކެއް ބާއްވާނަން. ދެން ހުންނަ އާންމު ހާލަތްތަކުގައި، ތަރައްގީއާމެދު ރައްޔިތުން ދެކޭ ގޮތާއި އަދި ދިމާވާ ބޮޑެތި ކަންތައްތަކުގަ ރައްޔިތުން ދެކޭގޮތް ހޯދުމަށްޓަކާ މަޝްވަރާ ހޯދުމުގެ ފުރުސަތު އަޅުގަޑު ތަނަވަސް ކޮށްދޭނަން. އެނގިވަޑައިގަންނަވާނެ މިޒަމާނުގަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މަޝްވަރާ ހޯދޭނެގޮތް އަބަދުވެސް އޮވޭ.
މިރޭގެ ބަހުސްގައި އަމީން ވިދާޅުވިއެވެ.
އަމިނު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ރައްޔިތުންނާއި އޮންނަ ގާތް ގުޅުމާއި، ރައްޔިތުންނާއި އޮންނަންޖެހޭ ގާތްކަން މެދު ނުކެނޑި ކުރިޔަށް ގެންދެވޭނެ ގޮތް ތަނަވަސް ވެފައި އޮތުން ކަމުގައެވެ.
މިއަހަރު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވަނީ އަމީންގެ އިތުރުން އެމްޑީޕީންނާއި، ޕީއެންސީގެ އިތރުުން މިނިވަން ދެ ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ