އިދިކޮޅު ސްޓިއަރިން ކޮމިޓީ ދެ މެމްބަރަކު މިއަދު ފުލުހަށް ހާޒިރު ކުރަނީ

އިދިކޮޅު ސްޓިއަރިން ކޮމިޓީ ދެ މެމްބަރަކު މިއަދު ފުލުހަށް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 02:46
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މާލޭގެ ސްޓިއަރިން ކޮމިޓީގައި ހިމެނޭ ދެ ބޭފުޅަކު މިއަދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއަދު ހަވީރު 16:30 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ދަފްތަރު ސްޓިއަރިން ކޮމިޓީގެ ރައީސް އަހުމަދު އަދި މާފަންނު ސްޓިއަރިން ކޮމިޓީގެ މެމްބަރު އަހުމަދު އިލްހާމް ކަމަށެވެ.

ނަމަވެސް މިދެބޭފުޅުން ހާޒިރު ކުރަނީ ކޮންކަމާއި ގުޅިގެންކަމެއް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައި ނުވެއެވެ. އިދިކޮޅު ކޯލިޝަނުންގެ އިސް ބޭފުޅުންނާއި، އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ދޭތެރެ ދޭތެރެއިން ފުލުސް އޮފީހަށް ހާޒިރުކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.