ޑާކް ރެއިން އެންޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ފުރޭތަ" ގެ މައިގަނޑު ކާސްޓްގައި ހިމެނޭ ކެރެކްޓާތަކުގެ ޕޯސްޠަރުތަކެއް އާންމުކޮށްފި އެވެ.
އަންނަ މަހު 4 ގައި ރިލީޒް ކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފައިވާ މިި ފިލްމް އަކީ ދިވެހި މުޖުތަމައުގައި މިހާރު ހުރި އެކި ކަހަލަ މައްސަލަތަށް ދައްކުވައި ދޭނެ އެވެ. އެހެންވެ މީގެ ވާހަކަ އަކީ މުޖުތަމައުގެ "އަނދިރި ފަރާތުން" ސޮފުހާތަކެކެވެ. މި ފިލްމަކީ ކުށުގެ ވެއްޓާއި އާއިލީ ހާޖާނުގަނޑުތަކާއި ބަދަލުހިފުންތަކާއި ތަޅާފޮޅުން ފަދަ ކަންކަން ފެންނާނެ އެއްޗެކެވެ.
ފިލްމުގެ ހުރިހައި މަސައްކަތެއްހެން ނިންމާލާފައިވާ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ މިހާރު ވަނީ ދުވަސްކޮޅެއްވެފައިއެވެ.
"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުގެ ލިސްޓްގައި ކުރިއަށް ހުރި ފިލްމުތަކުގެތެރޭ "ބަޅިނދު" ފާހަގަކޮށްލެވެއެވެ.