ވަރުން އާއި ޖާންވީ އެކުގައި ކުޅޭ ދެވަނަ ފިލްމު އަންނަ އަހަރު

ވަރުން އާއި ޖާންވީ އެކުގައި ކުޅޭ ދެވަނަ ފިލްމު އަންނަ އަހަރު

Author
ފާތިމަތު ނާވީ
27 ފެބްރުއަރީ 2024 08:54
0

ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރޫން ދަވަން އާއި ޖާންވީ ކަޕޫރް އެކީގައި ކުޅެން ހަމަޖެހިފައިވާ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަންނަ އަހަރު ރިލީޒް ކުރުމަށް ތާވަލު ކޮށްފިއެވެ.

އެ ފިލްމަކީ ދެ ތަރިން ވެސް ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ 2022 ގެ "ގޯވިންދާ މޭރާ ނާމް" ގެނެސްދިން ޝިޝާންކް ކައިތާނެވެ. އޭނަ އަކީ 2018 ގެ "ދަޅަކް" އިން ޖާންވީ ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ވެސް މެ އެވެ.

ވަރުން އާއި ޖާންވީ އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ބަވާލް" އެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.

ވަރޫން އާއި ޖާންވީގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 18 ގަ އެވެ. މި ވަރަށް އުންމީދީ ފިލްމްއެކެވެ. ސަބަބީ އެދެތަރިން އެކުގައި ކުޅުނު ފިލްމް އަށް ލިބުނު ފިނި ތަރުހީބެއެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

 

ޖާންވީގެ ފިލްމަށް ދެން އެންމެ އަވަހަށް ނުކުންނާނީ މި އަހަރު މެދުތެރޭގައި ރިލީޒްކުރަން ހަމަޖެހިފައިވާ "މިސް އެންޑް މިސިޒް މާހީ" އެވެ. އަނެއްކޮޅުން ވަރުންގެ ފިލްމަކަށް ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ މެއި މަހު 31 ގައި ރިލީޒްކުރާ އެކްޝަން ފިލްމު "ބޭބީ ޖޯން" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.