އީސީން މަޖިލިސް އިންތިހާބުގެ ކައުންޓްޑައުން ފަށައިފި

އީސީން މަޖިލިސް އިންތިހާބުގެ ކައުންޓްޑައުން ފަށައިފި

Author
ހުސެއިން
25 ފެބްރުއަރީ 2024 02:55
0

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކައުންޓް ޑައުން އީސީން މިއަދު ފަށައިފިއެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު ބާއްވަން ކޮމިޝަނުން ނިންމާފައި އޮތީ އަންނަ މަހުގެ 17 ގަ އެވެ. އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. މި އަހަރުގެ ރޯދަ މަސް ފެށެނީ އަންނަ މަހުގެ 11 ގަ އެވެ.

އީސީން މިއަދު ފެށި ކައުންޓް ޑައުންގައޮ ވާގޮތުން  އިންތިހާބަށް މިހާރު އޮތީ 20 ދުވަސް ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި އޮތީ އަންނަ މަހުގެ 17 ގަ އެވެ. ނަމަވެސް ރޯދަ މަސްނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ރައްޔިތުން މަޖލީހުން ފާސްކޮށްފައިވެ އެވެ. އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެނެއި ބިލް މަޖިލީހުން ފާސްކުރީ މި މަހުގެ 11 ގަ އެވެ.

އެހެންނަވެސް ރައީސް މުއިއްޒު އަދި އެ ބިލް ތަސްދީގު ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.