"ޝައިތާން" ގެ ޓްރެއިލާ ދައްކާލައިފި

"ޝައިތާން" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
26 ފެބްރުއަރީ 2024 10:21
0

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ ޓްރެއިލާ އެއް އާންމުކޮށްފި އެވެ.

ނޭވާ ހިފަހައްޓާކަން ޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ މިދިޔަ އަހަރު "ގަނަޕަތު" ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީ މި އަހަރުގެ ވަރަށް އުންމީދީ ފިލްމްއެއްވެސް މެއެވެ.

މީގެ ކުރިން ވަނީ ފިލްމްގެ ޓިޒާ އަދި ޕޯސްޓަރު ތަކެއް ވެސް އާންމުކޮށްފައިއެވެ. މި ފިލްމް އަކީ ބިރުވެރި ފިލްމްތަށް ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ފިލްމްއެކެވެ. މި ފިލްމްގައި ދައްކުވައިދޭނީ ސިހުރާއި ހާހޫރައިގެ ސަބަބުން ދިވާ ކަންތަށްތަކެވެ.

އަޖޭގެ އިތުރުން މި ފިލްމް ގެ ކާސްޓުން ދެން ފެނިގެންދާނީ އާރް މާދަވަން އެވެ. އަދި މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ އެކްޓާ ސޫރިއާގެ އަންހެނުން ޖަޔޮތިކާވެސް ފެނިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

މި ފިލްމްއަކީ މިދިޔަ އަހަރު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ގުޖްރާތުގެ އެ ފިލްމަށް ލިބުނު ތަރުހީބާ އެކު "ޝައިތާން"ގެ ނަމުގައި ގެނެސްދޭން ނިންމީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.