ށ. އަތޮޅު ފަޅު ރަށަކުން ކިނބުލެއް ފެނިއްޖެެ

ށ. އަތޮޅު ފަޅު ރަށަކުން ކިނބުލެއް ފެނިއްޖެެ

Author
ހުސެއިން
24 ފެބްރުއަރީ 2024 07:40
0

ށ. އަތޮޅު ފަޅުރަށަކުން ކިނބުލެއް ފެނިއްޖެއެވެ. އެގިފައިވާ ގޮތުގައި ކިނބޫ ފެނިފައިވަނީ ފަރުކޮޅު ނަމަކަށް ކިޔާ ފަޅު ރަށަކުންނެވެ.

ސޯޝަލް މީޑިއާގައު މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން އެނގޭ ގޮތުގައި ކިނބޫ ފެނިފައިވަނި އެރަށުގެ އެއްގަމުންނެވެ.

އެހެންނަމަވެސް ކިނބޫ ހިފަ ކުރި މަސައްކަތުގެ ތެރޭގައި އޭތިވަނީ މޫދަށް ފައިބައިގެން ދިޔަކަމަށް ސޯޝަލް މީޑިއާއިން އެނގެންހުރި މައުލޫމާތުތަކުން އެނގެއެވެ. އެހެންނަމަވެސް ޑިންގީގައި ބަޔަކުގޮސް ވަނީ ކިނބޫ ހިފާފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި ކިނބޫ އެންމެ ފުރަތަމަ ފެނުނީ އެރަށަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ.

ދ. އަތޮޅުގެ ރިސޯޓަކުންވެސް ފާއިތުވި ހަފްތާގައި ވަނީ ކިނބުލެއް ފެނިފައެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވާކަމަށްވެސް ބުނެފައި ވެއެވެ.

ކިނބޫ ފެނިފައިވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.