މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އިން ފެންނަނީ ދުވާލުގެ ވަގުތެއްގައި ފިރިހެނަކު، ޕިކަޕެއްގެ ތެރޭގައި ހުރެގެން ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ ތަނެވެ. އަދި އެ ވައްތަރުތައް ޖައްސަމުން އޭނާ ލައިގެން ހުރި ފަޓުލޫނު ވެސް ބާލައެވެ. އެ ޕިކަޕްގެ ތެރޭގައި އިތުރު ފިރިހެނަކު ހުރި ނަމަވެސް، އެކަން ހުއްޓުވަން އޭނާ އެއްވެސް ކަމެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ