މިދިއަ މަހުގައި އެންގޭޖް ކުރި ކަމަށް މީޑީއާއިން ބުނެފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޕުލްކިތު ސަމްރާޓާއި ކްރިތީ ކަރްބަންދާ އަންނަ މަހު ކައިވެނި ކުރަން ނިންމައިފި އެވެ.
ކައިވެނި ކުރަން އުޅޭކަމުގެ އިޝާރާތްތަކެއް ދެ މީހުން ވެސް އިންސްޓަގްރާމްގައި ދީފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ޕުލްކިތާއި ކްރިތީ ރައްޓެހީ 2018 ގަ އެވެ. އެ ދެ މީހުން އެއް ފިލްމެއްގައި މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެއީ 2019 ގެ "ޕާގަލްޕަންތީ" އެވެ.
"ސަނަމް ރޭ" އާއި "ފުކްރޭ" ފަދަ ފިލްމުތައް ކުޅެފައިވާ ޕުލްކިތު، 40، އަކީ ކުރިން ވެސް ކައިވެންޏެއްކޮށްފައިވާ މީހެކެވެ. އޭނަގެ ކުރީގެ އަންހެނުންނަކީ އެކްޓަރު ސަލްމާން ޚާނާ ދުރުތާ ތިމާގެ މީހެއް ކަމަށްވާ ޝްވޭތާ ރޯހިރާ އެވެ. އެ ދެ މީހުންގެ 2014 ގެ ކައިވެނީ ރޫޅުނީ 2015 ގަ އެވެ.