ތިނަދޫ އެއަރޕޯޓު މަޝްރޫގައި ސޮއިކުރާނީ ޕޮރޮޕޯސަލް ހުށަހެޅި ކުންފުނީގެ، ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރު ކުރުމަށްފަހު: މިނިސްޓްރީ

ތިނަދޫ އެއަރޕޯޓު މަޝްރޫގައި ސޮއިކުރާނީ ޕޮރޮޕޯސަލް ހުށަހެޅި ކުންފުނީގެ، ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރު ކުރުމަށްފަހު: މިނިސްޓްރީ

Author
ހުސެއިން
22 ފެބްރުއަރީ 2024 09:53
0

ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއާއެކު ސޮއިކޮށްފައިވަނީ ފަހުމުނާމާއެއްގައި ކަމަށާއި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޕްރޮޕޯސަލް ހުށަހަޅާ ކުންފުނީގެ ފަންނީ އަދި މާޅި ގާބިލްކަން ކަށަވަރު ކުރާނެ ކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ތިނަދޫ އެއަރޕޯޓު އެޅުމަށް 600 މިލިއަން ޑޮލަރުގެ މަޝްރޫއު ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއާ ހަވާލު ކުރުމާއެކު، އެއީ ޕޭޕަރ ކުންފުންޏެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރިފައި ވަނިކޮށް މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ވިދާޅުވީ ސޮއިކުރީ މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ އެމްއޯޔޫއެއްގައި ކަމަށާއި ހަގީގީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށެވެ.

"މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރު ކުރުމަށްފަހު، ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރަށް މިނިސްޓްރީން ބުނެފައިވަނީ، ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ހުށަހަޅާފައި ވަނީ ހަތަރު ކިލޯ މީޓަރު ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕެސެންޖާ ޓަމިނަލް އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ގާއިމު ކުރުމަށް ކަމަށެވެ.

އަދި މިނިސްޓަރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި އަދި ފްލައިން ސްކޫލެއް ތަރައްގީ ކުރުމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިމަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްގެ ފަންނީ އަދި މާލީ ގާބިލްކަން ވަޒަންކޮށް، ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ރާއްޖޭގެ ގާނޫނާ ގަވާއިދުތަކިގެ ތެރެއިން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ތިނަދޫ އެއަރޕޯޓު ޙަޤީޤަތަކަށް ވިޔަނުދޭން ގިނަ އަތްތަކެއް އަޅާނެކަމަށް ޤަބޫލުކުރެވޭ، ފުރަތަމަ އަތަކީ މިހާރުވެސް ކައިރީގައި އަމިއްލަ ފަރާތަކުން ހިންގާ އެއަރޕޯޓެއް އޮވެފައި ތިނަދޫގައި އިތުރު އެއަރޕޯޓެއް އެޅިއްޖެނަމަ، ކުރިން އޮތް އެއަރޕޯޓުގެ އޮޕަރޭޝަންތައް ގާތްގަޑަކަށް ހުއްޓޭނެތީ އެފަރާތުގެ އަތް، ދެވަނަ އަތަކީ މިފަދަ އެއަރޕޯޓަކަށް ބޭނުންވެފައިވާ ކައިރި އަތޮޅެއްގައިވެސް އެމް.އޯ.ޔޫއެއްގައި ސޮއިކުރެވިފައިވުމުން ދެއަތޮޅުގައި އެއްވަރެއްގެ އެއަރޕޯޓު އެޅުމުން އަތުވެދާނެ ހީނަރުކަމަކާހެދި އަބަދުވެސް ވާދަވެރި ވިސްނުމެއް އޮތުން. ތިންވަނަ އަތަކީ ކުރިންވެސް ދެކުނުގެ ހަތަރުއަތޮޅުގެ ތެރެއިން ކުރިންވެސް އިންޓަނޭޝަނަލް ކިޔާ އެއަރޕޯޓެއް އޮތުމުން، އެ އެއަރޕޯޓު ތަރައްޤީކޮށްފަ ދެންތިބި އަތޮޅުތަކުގައި ސީޕްލޭންގެ ޚިދުމަތްދީގެން އެންމެ ބޮޑު މަންފާއެއް ނެގުމުގެ ވިސްނުމެއްގައި މަސައްކަތްތަކެއް ކުރެވި ނާކާމިޔާބެފައި އޮތުމުން، އަދިވެސް އެ ވިސްނުން އެގޮތުގައި އޮންނާނެތީ، އެނޫން ގޮތަކަށް ކަންތައްވެގެން ދިއުން ނޭދޭތީ. މިކަންތައްތަކަކީ ތިނަދޫގެ ރައްޔިތުން ވަޠަނީ ވިސްނުމަކުން ވިސަންޖެހޭ ކަމެއް، ސިޔާސީ ވިސްނުމަކުން ވިސްނައިފިނަމަ، ހުރިހާ ގެއްލުމެއް އޮތީ ތިނަދޫ ރައްޔިތުންނާއި ހުވަދުއަތޮޅުގެ ރައްޔިތުންނަށް.