"ބޫލް ބުލައްޔާ 3″ އަށް ތްރިޕްތީ

"ބޫލް ބުލައްޔާ 3″ އަށް ތްރިޕްތީ

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2024 10:42
0

ކާތިކް އާރިޔާން ގެ ކުރިއަށް އޮތް ފިލްމް "ބޫލް ބުލައްޔާ 3″ އަށް ބަތަލާ ދްރިޕްތީ ދިމްރީ ސޮއިކޮށްފިއެވެ.

ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު ރޯލުން ބޮޑު މަޝްހޫރު ކަމެއް ލިބުނު ބަތަލާ އަށް އަންނަނީ މިހާރު ގިނަ އޮޕާތަކެއް އޮހެމުންނެވެ. އޭގައި އޭނާ ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައިއެވެ.

"ބޫލް ބުލައްޔާ 3″ ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމަށް ޒުވާން ބަތަލާ ސޮއި ކުރި އިރުގައި މި ފިލްމް ވެގެން ދާނީ ޒުވާން ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްއަށެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

އަނީސް ބަޒްމީ ޑައިރެކްޓްކުރާ "ބޫލް ބުލައްޔާ 3″ ގެ ކާސްޓްގައި 2007 ގެ "ބޫލް ބުލައްޔާ" ގެ އެންމެ މުހިއްމު އެއް ރޯލު ކުޅުނު ވިދިޔާ ބާލަން ވެސް ހިމެނެ އެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން ތިން ވަނަ ފިލްމުގެ ކާސްޓްގައި މަދޫރީ ޑިކްސިޓް ވެސް ހިމެނޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.