މާލޭގައި ސައްހަ ނޫން ޑޮލަރުތަކެއް މާރުކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ބަންދު އަމުރުގައިވާ ގޮތުން ޑޮލަރު މާރު ކުރަން އުޅުނު އެ މީހާ ގެންގުޅުނު ޑޮލަރުގެ ފޮޓޯ ގޮތަށް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައި ވެއެވެ. އަދި އޭނާއަކީ މީގެ ކުރިން 43 ފަހަރެއްގެ މަތިން ހައްޔަރު ކުރި މީހެއް ކަަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި އެމީހާ ބުނި ގޮތުގައި އޭނާއަށް ޑޮލަރު ލިބުނީ މީހަކަށް ކޮށްދިން މަސައްކަތަކާ ގުޅިގެންނެވެ. އަދި އެއީ ސައްހަ ނޫން ޑޮލަރެއްކަން އެނގުނީ މާރު ކުރަން ދިއުމުން ކަމަށް އޭނާ ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ