ހިލްޓަން ހޮޓެލްސްގެ ބްރޭންޑް އެމްބަސެޑަރަކަށް ދީޕިކާ

ހިލްޓަން ހޮޓެލްސްގެ ބްރޭންޑް އެމްބަސެޑަރަކަށް ދީޕިކާ

Author
ފާތިމަތު ނާވީ
20 ފެބްރުއަރީ 2024 07:22
0

ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި، "ހިލްޓަން ހޮޓެލްސް"ގެ ގްލޯބަލް ބްރޭންޑް އެމްބަސެޑަރަކަށް ބޮލީވުޑްގެ ތަރި، ދީޕިކާ ފަޑުކޯން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ވެސް ރިސޯޓްތަކެއް ހިންގަމުން އަންނަ ހިލްޓަންގެ ތަންތަން ޕްރޮމޯޓްކުރަން ދީޕިކާގެ ބޭނުން ހިފާނެ އެވެ. މިކަން އެ ކުންފުނިން ކުރިއަށް ގެންދާނީ 2022 ގައި ލޯންޗްކޮށްފައި އޮތް ކެމްޕޭން "ހިލްޓަން. ފޯ ދަ ސްޓޭ" ގެ ދަށުންނެވެ.

ހިލްޓަންގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބަސެޑަރަކަށް ދީޕިކާ ހަމަޖެއްސިކަން އިއުލާންކޮށްފަ އެވެ. އިންޑިއާގައި އެ ކުންފުނީގެ 17 ހޮޓެލް ހިންގަ އެވެ.

މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދީޕިކާ ބުނީ ހިލްޓަން ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑަކާ އެކީ މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ހިލްޓަން އިން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުގައި 7،000 ވުރެ ގިނަ ހޮޓެލް ހިންގަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި މިދިޔަ މަހު ރިލީޒްކުރި "ފައިޓާ" ގެ ބަތަލާ، ދީޕިކާ އަކީ މިހާރު ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ އެމްބެސެޑަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.