ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

Author
ހުސެއިން
19 ފެބްރުއަރީ 2024 10:34
0

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ, އެފައިސާ މަސްވެރިންނަށް ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާތީ މަސްވެރިންނަށް މި ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިއިރު، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެ އިއްޔެއިން ފެށިގެން ކޫއްޑޫގައި ދަނީ މުޒާހިރާ ކުރަމުންނެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައި ރޮޒޭނާ ވިދާޅުވެފައިވަނީ މަސްވެރިންނަށް ފާއިތުވި ޖެނުއަރީމަހުގެ 18 ވަނަ ދުވަހުން ފެށިގެން ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާކަމަށާއި، މަސްވެރިންނަށް މި ސަރުކާރުން ދޭންޖެހޭ 298 މިލިއަން ރުފިޔާ އެބަހުރި ކަމުގައވެ

ގަރާރު ހުށަހެޅުމަށް ފަހު ރޮޒައިނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ފައިސާ ނުލިބި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 އިން ފެށިގެން ކަމަށާއި, މިވަގުތާ ހަމައަށް މަސްވެރިންނަށް ދައްކަން 298 މިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ.

މިހާރު މިއިވެނީ 25 ރުފިޔާގެ ރޭޓުން މަސް ކިލޯއެއް ވިއްކާ ނިމުމަށްފަހު ދެން ފައިސާ ދައްކާއިރުގައި އެއަށްވުރެ ދަށް އަގެއްގައި ފައިސާ ދޭނެ ކަމަށް އަޑުއިވެމުން މިދަނީ, މިއީ ވަރަށް ކަންބޮޑުވާ ކަމެއް.

ރޮޒޭނާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވެއެވެ.

ރޮޒޭނާގެ ގަރާރުގައި ވިދާޅުވެފައިވަނީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދީ ހިފަހައްޓާފައި، ރައްޔިތުން ކަރަންޓު ބިލަށް ފައިސާ ނުދައްކައިގެން ރައްޔިތުންނަށް ނޯޓިސް ފޮނުވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމުގައެވެ.

އަދި ސަރުކާރުގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު އިންތިހާއަށް އިތުރުވެގެންދާއިރު, އެ ބޭފުޅުންނަށް ވަޒީފާ ދެނީ ސަރުކާރުގައި ފައިސާ ނެތިތޯ ރޮޒޭނާ ސުވާލު ކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.