އައްޑޫގެ މިސްކިތްތައް މަރާމާތުކުރަން 1.5 މިލިއަން ރުފިޔާ ދީފި

އައްޑޫގެ މިސްކިތްތައް މަރާމާތުކުރަން 1.5 މިލިއަން ރުފިޔާ ދީފި

އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމަށް މި ސަރުކާރުން 1.5 މިލިއަން ރުފިޔާ އައްޑޫ ސިޓީ ކައުންސިލަށް ދީފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ގިނަ އަދަދެއްގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގަންނަވައެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ އައްޑޫގައި ހުރި 68 މިސްކިތް މަރާމާތުކުރުމަށް މިސްކިތު ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ހަރަދުކުރާނެ ކަމަށެވެ. މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ މިހާ ބޮޑު ހޭދައެއް ކުރާ ފުރަތަމަ ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، އައްޑޫ ހިތަދޫގައި ތަރައްގީކުރަމުން އަންނަ އިސްލާމިކް ސެންޓަރުގެ މަސައްކަތް އަވަސްކޮށް، އަންނަ އަހަރުގެ މެއި މަހަށް އެތަން އެއްކޮށް ނިންމުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އައްޑޫ ސިޓީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ސްޕީޑް އަވަސްކޮށް، މޭ 2025 އަށް މަސައްކަތް ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އައްޑޫސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަން ނިންމާފައިވާއިރު ކުރިޔަށް އޮތް ރަމަޟާންމަހަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވައި މިސްކިތްތައް މަރާމާތްކުރުމުގެ އަގު ވަނީ 15 މިލިޔަނަށް އިތުރުކޮށްފައި ކަމަށް ޝަހީމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައީސް އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާދަމާ ފުވައްމުލައް ސިޓީ އަށް ވަޑައިގަންނަވާނެއެވެ. އޭގެ ފަހުގައި އެމަނިކުފާނު ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *