ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިންގެ ތެރޭގައި ހިމެނޭ ތަރިން ތަކެއް ފެނިގެންދާ އިޝްތިހާރެއް ދައްކަން ފަށައިފިއެވެ. މި އިޝްތިހާރު ފެނިގެންދަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ހާން އާއި ރާލިއާގެ ނަމުން މަޝްހޫރު ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި އާލިއާ ބަޓްއެވެ.
މި ދެމަފިރިންނާއި އެކުގައި ޝާހު ފެނިގެންދާ މި އިޝްތިހާރަކީ ދަނގަޑުގެ އިޝްތިހާރެކެވެ. މި އިޝްތިހާރުގައި އާލިއާ ފެނިގެންދަނީ އޭނާގެ ކާމިޔާބު ފިލްމް "ގާގޫ ބާއި"ގެ ކެރެކްޓާއިންނެވެ.
މީގެ ކުރިންވެސް މަޝްހޫރު ތަރިން އެކުގައި ބްރޭންޑްތަށް އިޝްތިހާރު ކޮށްފައިވެއެވެ. މިއީ މި ތިން ސްޓާރުން އެކުގައި ސްކްރީން ހިއްސާ ކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.
ކޮމެންޓު ފޮނުވާ