ޝަމީމަށް ފާރަލާން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ޝަމީމަށް ފާރަލާން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Author
ހުސެއިން
18 ފެބްރުއަރީ 2024 12:04
0

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގައި، އޭނާއަށް ފާރަލާން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރު ކުރި ދެމީހުންވެސް ޝަރީއަތް ނިމެން ދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެއެވެ.

ޝަމީމަށް ހަމަލާ ދީފައިވަނީ، ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ޕީޖީ ޝަމީމަށް ސައިކަލެއްގައި އައި ދެ މީހުން ދިން ހަމަލާގައި ޝަމީމްގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައި ވެއެވެ. މިމައްސަލާއާއި ގުޅިގެން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޝަމީމަށް ،މަގުމަތިން ދިން ހަމަލާގައި ޖުމްލަ ތިން މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ އދ. މާމިގިއްޔަށް އުފަން ޒަޔާން ނަސީރު 22، ނަމަކަށް ކިޔާ ޒުވާނެކެވެ.

އެމީހާ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރީ މީހާ އެކަމުގައި ބައިވެރިވިކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވި ނަމަވެސް، ޝަމީމަށް ހަމަލާ ދިނުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯނާނެކަމަށް އޭނާވަނީ ކޯޓުގައި ބުނެފައެވެ. އެހެންނަމަވެސް ހައްޔަރު ކުރި ޒުވާނާއަކީ މިބާވަތު މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް ޒުވާނެއްކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

ޝަމީމަށް ދިނަ ހަމަލާ ތަހުގީގު ކުރުމަށް، ފުލުހުންގެ އިންޓަލިޖެންސް ޔުނިޓާއި ފްރަންޓް ލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ތަހުގީގު ޓީމުތަކުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާނެކަމަށް ޕޮލިސް ކޮމިޝަނަރވަނީ ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.