ހަވާސާކޮށްފައި ތިބި މީހުން ރާޑަރުގެ މެދަށް ގެންނާނަން: ރައީސް

ހަވާސާކޮށްފައި ތިބި މީހުން ރާޑަރުގެ މެދަށް ގެންނާނަން: ރައީސް

މި ސަރުކާރު ހިންގުމުގެ މަސައްކަތް ކުރާނީ ހަވާސާކޮށްފައި ތިބި މީހުން ރާޑަރުގެ މެދަށް ގެނެސްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ގާއިމްކުރި އިސް ރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ރާޑާރަށް އަރުވައިގެން މަސައްކަތް ކުރުމަކީ މި ސަރުކާރުން ސަމާލުކަން ދޭނެ ކަމެއް ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަޅާ ނުލެވި ސަރުކާރުގެ ރާޑާރަށް ނާރާ، ބަޖެޓުގެ ގޮތުން ބެލިޔަސް އެކިކަހަލަ ރިސޯސަސްތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައިވާ ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރު މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން،". ރައީސް ވިދާޅުވިއެވެ. "އިސް ރަށްވެހިންނަށް ދޭންޖެހޭ އިސްކަން މި ސަރުކާރުން މެއިންސްޓްރީމްކޮށް ދޭނަން. ދޭން އިރާދަކުރެވިއްޔާ ފަށާފައި މި ވަނީ،"

ރައީސްގެ ވާހަކަފުޅުގައި އިސްރަށްވެހިންނާއި، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދިނުމުގައި ބުރަ މަސައްކަތެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މެންޑޭޓްްގައިވެސް ހިމެނޭނެ ކަން ފާހަގަ ކުރެއްވިއެވެ.

"އޭގެ މަތީގައި އަޅުގަނޑުމެން ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް އިސްކަން ދޭނަން، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަ މަރުކަޒުތައް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި، ބަޖެޓުންވެސް ހަރަދު ކުރެވެނީ ވަަރަށް ކުޑަ އެއްޗެއް، އެހެން ނަމަވެސް އެކަންވެސް ބަދަލު ކުރުމަށް ނިންމާ އެކަންވެސް ފަށައިފިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގެދޮރު އެޅުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، އެކި ކަހަލަ ޝަރުުތުތަކާއި، ކެޓެގަރީތައް ކަނޑައަޅާއިރު، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.

"އެހެންވީމަ ކުރިއަށް އޮތްތަނުގައި މިކަމަށް ހާއްސަ ބިލެއް މަޖިލީހަށް ފޮނުވޭނެ. ހައުސިންގ ކެޓެގަރީތަކުގެ ފަންތިތަކާއި ގިންތިތައް ކަނޑައެޅުމާއި ގުޅޭ ބިލެއް، މި ބިލް ފަރުމާ ކުރެވިގެން ދާއިރު، ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަމެއް ދިނުން، އިސްރަށްވެހިންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގޭތެރޭގައި ކަންތައް، މާލޭގައިވެސް ރާއްޖޭގައިވެސް ހުރި ގޮތުން، ދަތިތައް އެބަހުރި ގެދޮރުގެ މައްސަލައިގައި، އެ ދޭން ޖެހޭ އިސްކަމެއް ނުދެވޭ،" ރައީސް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *