ޑާކް ރެއިން އެންޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހު 4 ގައި ރިލީޒް ކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފިއެވެ.
މި ފިލްމް އަކީ ދިވެހި މުޖުތަމައުގައި މިހާރު ހުރި އެކި ކަހަލަ މައްސަލަތަށް ދައްކުވައި ދޭނެ އެވެ. އެހެންވެ މީގެ ވާހަކަ އަކީ މުޖުތަމައުގެ "އަނދިރި ފަރާތުން" ސޮފުހާތަކެކެވެ. މި ފިލްމަކީ ކުށުގެ ވެއްޓާއި އާއިލީ ހާޖާނުގަނޑުތަކާއި ބަދަލުހިފުންތަކާއި ތަޅާފޮޅުން ފަދަ ކަންކަން ފެންނާނެ އެއްޗެކެވެ.
މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން މި އަހަރު ޖެނުއަރީ މަހު މި ފިލްމު ރިލީޒްކުރާނެ ކަމަށްވެސް ޑާކް ރެއިންއިން ބުންޏެވެ. އެކިއެކި ކަންކަމާ ހުރެ ތާރީހަކަށްފަހު ތާރީހެއް ދެމުން އަޔަސް މިފަހަރު މިއީ ފައިނަލް ތާރީހު ކަމަށް ޑާކްރެއިން ބުނެ އެވެ.
ފިލްމުގެ ހުރިހައި މަސައްކަތެއްހެން ނިންމާލާފައިވާ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ މިހާރު ވަނީ ދުވަސްކޮޅެއްވެފައިއެވެ.
"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުގެ ލިސްޓްގައި ކުރިއަށް ހުރި ފިލްމުތަކުގެތެރޭ "ބަޅިނދު" ފާހަގަކޮށްލެވެއެވެ.