މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ދޫކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
ރޮޒޭނާ ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ރިއާސީ ވައުދުގެ ތެރޭގައި މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި ބުރަ އަދި މުހިއްމު މަސައްކަތެއް ކުރަމުންދާ ބައެއް ކަމަށާއިމ މަސްވެރިން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގެއް ކަމަށްވެސް ގަރާރުގައި ބަޔާން ކޮށްފައި ވެއެވެ.
މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ފައިސާ ދިނުމުގައި ދެމަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އެ ފަރާތްތަކަށް ފައިސާ ލިބިފައިނުވާ ކަމާއި، މިކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަނީ ދަތިވަމުން.
ރޮޒޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވެއެވެ.
މި ގަރާރުގައި އިތުރަށް ބުނެފައިވަނީ، ގައުމުގެ އިގްތިސާދާ ގުޅިފައިވާ މިފަދަ މުހިއްމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި ގާނޫނުން މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައެވެ. އަދި މަސްވެރިންގެ އަގުވަޒަންކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާއި ނަފާ ހޯދުމަށް އެހީތެރިވެދިނުން މަސްވެރިކަމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަމެއްކަން ފާހަގަ ކުރައްވަމުން މި ގަރާރުގައި ވަނީ، މި ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލާފައެވެ.
އަދި މަސްވެރިން ބާނާފައިވާ މަހަށް ދޭންޖެހޭ ފައިސާ އެފަރާތްތަކަށް ވީ އެންމެ އަވަހަކަށް ދިނުމަށް މި ގަރާރުގައި ގޮވާލާފައި ވެއެވެ.
ކޮމެންޓު ފޮނުވާ