އަންނަ މަހުގެ 4 ގައި އޮލިމްޕަހަށް "ފުރޭތަ" އަރަނީ

އަންނަ މަހުގެ 4 ގައި އޮލިމްޕަހަށް "ފުރޭތަ" އަރަނީ

ޑާކް ރެއިން އެންޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހު 4 ގައި ރިލީޒް ކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

މީގެ ކުރިންވެސް ތާރީހުތަކެއްދީ، ފަސްކޮށްފައިވާ މި ފިލްމަށް އަނެއްކާވެސް ތާރީހެއް ލިބިފައިވާ އިރު މި ފިލްމު ރޯދައިގެ ކުރިން އެޅުވުމަށް ޑާކްރެއިން އިން ވަނީ ނިންމާފައެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ މިހާރު ވަނީ ދުވަސްކޮޅެއްވެފައިއެވެ.

ޕްރޮޑިއުސަރ މޮގާ ޚަބަރު އޮންލައިނާ ވާހަކަދައްކަމުން ބުނީ ދިވެހިންގެ ތެރޭގައި ފުރޭތަ އަކީ ބިރުވެރި އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް މިއީ ބިރުވެރި ފިލްމެއް ނޫން ކަމަށެވެ. ފިލްމު "ފުރޭތަ" އަކީ އެކްޝަން ރިވެންޖް ފިލްމެކެވެ.

ޑާކް ރެއިނުން މީގެކުރިން މިދިޔަ ޑިސެމްބަރާއި ޖެނުއަރީ މަހުވެސް "ފުރޭތަ" އޮލިމްޕަހަށް ގެނައުމަށް މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް ޑިސެމްބަރު މަހު އެޅުވީ ޑާކް ރެއިންގެ "ނޮވެމްބަރ" ފިލްމެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ލިސްޓްގައި ކުރިއަށް ހުރި ފިލްމުތަކުގެތެރޭ "ބަޅިނދު" ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *