ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުއްވާލައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުއްވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާތީ، އެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވައިލައްވައިފިއެވެ.

މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ފެބުރުވަރީ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެލްސޭޝަން ފަތުހުﷲ ޖަމީލް މަގާމުން އިސްތިއުފާ ދެއްވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ތިމަރަފުށި ދާއިރާއަށް ވާދަ ކުރެއްވުމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނަ އައްޔަންކުރީ އޮކްޓޯބަރު 31، 2019 ގައެވެ.

އެނގިފައިވާ ގޮތުގައި ފަތުހުﷲ ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *