ރައްޔިތުންގެ ލާބައާއި މަންފާއަށް ހުރަސްއަޅައި އަމިއްލަ މަސްލަހަތަށް އިސްކަން ދިނުމަކީ ގައުމަށް ޓަކައި އޮތް ލޯތްބެއް ނޫން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަށް، ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމިނަށް ތާއީދުކުރާ ފަރާތްތަކުން ފާޑުވިދާޅުވުމުން، އަބްދުއްރަހީމް ވަނީ ރޭ ބޭއްވި ރައީސް މުއިއްޒުގެ ޖަލްސާގައި، އެފަރާތްތަކަށް ނުސީދާ ކޮށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
ރައީސް މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނަށް ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް އެނގިވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް ދާދި ފަހުން ދެއްވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރާއްޖޭގައި ދެއްވި އެންމެ ރަނގަޅު ރިޔާސީ ބަޔާން ކަމަށް ގަބޫލުކުރައްވާނެ ކަމަށެވެ.
އެ ތަގުރީރުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި އުއްމީދު އުފެދުނު ކަމަށާއި، އަދި ޤައުމުގެ މިހާރުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި ޢަމަލުކުރެވިދާނެ ފިޔަވަޅުތަކަށް މި ޚިޠާބުގައި ބާރުއަޅުއްވާފައިވާކަން، އެއީ ރައްޔިތުން މާޔޫސްކުރުމުގެ ބަދަލުގައި އުއްމީދުތަކާއި އުއްމީދުތަކެއް ހޯދައިދިން ބަޔާނެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ގައުމު މިހާރު އޮތް ދަތި ހާލަތުން އަރައިގަތުމަށް ޓަކައި ތަރައްގީގެ ގިނަ ފުރުސަތުތަކެއް ފާހަގަކުރައްވާފައިކަމަށްވެސް އަބުދުއްރަހީމް ވިދާޅުވިއެވެ. އަދި ޤައުމުގެ މިހާރުގެ ކަންކަން ރައްޔިތުންނަށް އަންގައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަކީ ޖަވާބުދާރީވެވަޑައިގަންނަވާ ބޭފުޅަކަށްވާތީ، ޢަބްދުއްރަޙީމް ވިދާޅުވީ، އެ މަސްއޫލިއްޔަތު ފުރިހަމައަށް ރައީސް އަދާކުރެއްވި ކަމަށް އަބުދުއްރހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ލިބޭ މަންފާއާއި ފައިދާއަށް ހުރަސް އަޅާ މީހުންނަކީ ގައުމަށް އިސްކަން ދިނުމުގެ ޝިއާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ ބައެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ދޭން ޖެހޭ އިނާޔަތްތަކަށް ފާޑުކިޔުމާއި ހުރަސް އެޅުމަކީ ގައުމަށް އޮތް ލޯތްބެއް އަންގައިދޭ ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ފަރާތްތަކަށް "އެންމެ ފުރަތަމަ ގައުމު" މި ސްލޯގަން ބޭނުންކުރުމުގެ ހައްގެއް ނޯންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ލާބަ އާއި މަންފާއަށް ހުރަސްއެޅޭ ގޮތަށް ކަންތައް ކުރާ ނަމަ އެއީކީ އެންމެ ފުރަތަމަ ގައުމުގެ ޝިއާރު ގެންގުޅުއްވަން އެންމެ ރަނގަޅު ބޭފުޅުންނެއް ނޫން.
އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅުނުވެ އަބްދުއްރަހީމް ވިދާޅުވި އެވެ.
ވެރިކަމުގައި ހުންނެވި ނަމަވެސް ގައުމާ މެދު ލޯތްބާއި ހެޔޮ ވިސްނުން ފާޅުކުރުމަކީ ރައްޔިތުންނަށް ފައިދާވާ ފަދަ ކަންކަން ފާހަގަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާ ޚިލާފަށް މިހާރު ފެންނަމުން މިދަނީ އެމީހުންގެ ފަރުދީ އަދި ސިޔާސީ މަސްލަހަތު އިސްކުރާތަންކަމުގައި އަބުދުއްރަަހީމް ވިދާޅުވިއެވެ.
ތިމާގެ އަމިއްލަ މަސްލަހަތަށް ތިމާގެ އަމިއްލަ ކުރިއެރުމަށް ތިމާގެ އަމިއްލަ ސިޔާސީ މުސްތަގްބަލް ބިނާކުރުމަށް ހަމައެކަނި ވިސްނައިގެން މަސައްކަތް ކުރުމަކީ ގައުމަށް ހެޔޮ އެދިވަޑައިގެން މަސައްކަތް ކުރެއްވުމެއް ނޫން
އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދި ރައްޔިތުން މި ސަރުކާރު އިޚްތިޔާރުކުރީ ގިނަ ކާމިޔާބީތަކެއް ހާސިލުކުރުމަށް ކަމަށާއި އެ އުންމީދުތަކާއި ވައުދުތައް ރައްޔިތުންނަށް ފޯރުކޮށްދެމުން މިސަރުކާރުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން ގެންގުޅުއްވި ޝިއާރަކީ "އެންމެ ފުރަތަމަ ގައުމު" މި ޝިއަރެވެ. މި ޝިއާރުގެމި ލަފުޒީ މާނައަކީ ގައުމަށް އިސްކަންދީ އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކުރުމެވެ.
ކޮމެންޓު ފޮނުވާ