ވޯޓު ކަރުދާހުގެ ސެކިއުރިޓީ ދަށްކުރުމާއި އަޅުގަނޑުމެން ދެކޮޅު: ޝުޖާ

ވޯޓު ކަރުދާހުގެ ސެކިއުރިޓީ ދަށްކުރުމާއި އަޅުގަނޑުމެން ދެކޮޅު: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 12:14
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުން ކުރާ ވޯޓު ކަރުދާހުގެ ސެކިއުރިޓީ އެއްވެސް ވަރަކަށް ދަށް ކުރުމަކީ ޤަބޫލު ކުރާނެ ކަމެއްނުންކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން އޮތް ހުރަހަށް އަދި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އިޖާބަ ދީފައި ނުވެއެވެ. ރާއްޖޭގައި އިއުލާން ކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބް ބޭއްވުމަކީ ޤާނޫނު ތަންދޭ ކަމެއްނޫނެވެ. އެހެންކަމުން އިންތިޚާބް ބޭއްވުމަށް އިލެކްޝަނުން ވާންޖެހޭ ތައްޔާރީވުމަށްވެސް ވަނީ ވަރަށް ބޮޑު މަޑުޖެހުމެއް އައިސްފައެވެ.

އިންތިޚާބުގެ ކަންކަން ފަހު ވަގުތުގައި ކުރާއިރު އިންތިޚާބުގައި ބޭނުންވާ ކުރާ ވޯޓު ކަރުދާހުގެ ސެކިއުރިޓީ އެއްވެސް ވަރަކަށް ދަށް ކުރުމަކީ ޤަބޫލު ކުރާނެ ކަމެއް ނޫންކަމަށް އިދިކޮޅު ކޯލުޝަނުން ވަނީ ބުނެފައެވެ. އިންތިޚާބުގެ ކަންކަން މިހާރުވެސް ކުރިއަށްދާ ގޮތާއި، ހަމަހަމަ ފުރުސަތު ނުލިބޭކަމުގެ ޝަކުވާ އިންތިހާއަށް ކުރަމުންދާ އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އިންތިޚާބު އޮޅުވާލައި މަކަރު ހަދާނެކަމަށް މިހާރުވެސް ބެލެވޭއިރު، އެކަން ކުރުމަށް ހުރި މަގުތައް ކުޑަކުރުމަކީ އިލެކްޝަނުން ކުރަން ޖެހޭ ކަމެއްކަމަށެވެ. އެގޮތުން އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޑަބަލް ކަރުދާސް ނުވެއްދޭނެހެން ވޯޓު ކަރުދާހުގެ ސެކިއުރިޓީގެ ޔަގީންކަން ކަށަވަރު ކުރަންޖެހޭކަމަށް ޝުޖާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ނިންމީ އޭޕްރީލް މަހުގެ 4 ގައެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އަދި މަޖިލީހުން ފާސްކުރި ކައުންސިލް އިންތިޚާބާއި ގުޅޭ ވަގުތީ ޤާނޫނުގައި ބުނެފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. ނަމަވެސް އެދުވަސްވަރަކީ އަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާ ދުވަސްތަކެއްކަމުން އިލެކްޝަނަސް ކޮމިޝަނުން ވަނީ އޭގެ ކުރިން އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މާރިޗް 6 ގައި އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރައްވާކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވީ، ޤާނޫނުގައި އެކޮމިޝަނުން ކުރުން ލާޒިމްކޮށްފައިވާ ތާރީޚުތަކެއް ހުންނަކަމަށާއި، އެގޮތުން ވޯޓާސް ލިސްޓް ޢާންމު ކުރުމާއި، ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފުރުޞާތު ހުޅުވާލުންފަދަ ގިނަ ކަންކަން ފުރިހަމަކުރަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.