ތިން ދިވެހިންނާއިއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައި، ކޯސްޓްގާޑުން އެހީތެރިވަނީ

ތިން ދިވެހިންނާއިއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައި، ކޯސްޓްގާޑުން އެހީތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 11:08
0

ތިން ދިވެހިންނާއިއެކު ދަތުރު ކުރަމުންދިޔަ ސަޕްލައި ދޯންޏެއް ފަރަށް އަރުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ކ.ކަނޑޫމާ ރިސޯޓް ނެރުމައްޗަށް 65 ފޫޓުގެ "ވީނަސް" ނަމަކަށް ކިޔާ ދޯންޏެއް އުރި، އެދޯނީގެ ބަނޑުފިލައިން މަޑުލެއް ނެއްޓިގެން ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓް ގާޑް ސްކޮޑް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު8:30 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ދޯނި ފުންކުރުމުގެ މަސައްކަތް ޑައިވަރުންގެ އެހީތެރިކަމާއިއެކު މިހާރުވެސް ކުރިއަށްދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.