ޕީޖީ ޝަމީމަށް ހަމަލާދިނީ ސިޔާސީ މަގުސަދެއްގައި: ރައީސް ސާލިހު

ޕީޖީ ޝަމީމަށް ހަމަލާދިނީ ސިޔާސީ މަގުސަދެއްގައި: ރައީސް ސާލިހު

Author
ހުސެއިން
31 ޖެނުއަރީ 2024 01:27
0

ޕީޖީ ޝަމީމަށް މިއަދު ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލައެއްކަމަށް ވިދާޅުވެ، އެ ހަމަލާ ކުރީގެ ރައީސް ސާލިހު ކުށްވެރި ކުރައްވައިފިއެވެ.

ރައީސް ސާލިހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާ ކުށްވެރިކުރާ ކަމަށާއި، ޕީޖީ ޝަމީމަށް އަވަސް ޝިފާއަކަށް އެދޭ ކަމުގައެވެ.

ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ސިޔާސީ މަޤްޞަދުގައި ހިންގާ ހަމަނުޖެހުންތަކުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން.

ރައީސް ސާލިހުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޕީޖީ ޝަމީމްއަށް މަގުމަތިން މީހަކު ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާ ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން އެނގޭ ގޮތުގައި ޝަމީމަށް ދިން ހަމަލާގައި އަނިޔާވެފައިވަނި އޭނާ މުލައްދަނޑިއަށެވެ.

ޝަމީމަށް ފަރުވާ ދެމުންދާ އޭޑީކޭގެ ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޝަމީމަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ކަމަށް ބުނެފައިވި ނަމަވެސް، ފުލުހުން ބުނެފައިވަނީ ހަމަލާދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމުގައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޝަމީމް އަތުގައިވަނީ ބެންޑޭޖް އަޅާފައެވެ.

އޭނާއަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓ ލިބިފައިވާކަމަށްވެސް ފުލުުހުން ވަނީބުނެފައެވެެ.

ހަމަލާއަށްފަހު ޝަމީމް ފަރުވާ ހޯދާފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް މިއަދުގެ ހެނދުނު ވަގުތެއްގައި ހަމަލާދިނީ ދެމީހަކު ކަމަށާއި، އެމްއެންޑީއެފުން ޝަމީމަށް ދެމުން އަންނަ ސެކިއުރިޓީ ހަމަލާއާ ގުޅިގެން އިތުރަށް ވަރުގަދަކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްދު
ސޯލިހުއެކެހި ބެނަފެއްޔާ ހަމަލާދިންމީހާ ހަމަލާދިނީ - ނުންފެހޭ ހަމަލާދެރެފެއިއާސް އެވާހަކަ އެމީހާ ބެނީއާ - ސޯލިހު ތެހެން ތެވިދާޅުވީ