އެނިވާސަރީގައި ހަދިޔާއެއް ދެވޭނީވެސް މަސައްކަތް ކޮށްގެން: ކަޕިލް

އެނިވާސަރީގައި ހަދިޔާއެއް ދެވޭނީވެސް މަސައްކަތް ކޮށްގެން: ކަޕިލް

Author
ޢަލީ އާދަމް
15 ޑިސެމްބަރ 2020 09:26
0

މަޝްހޫރު ސްޓޭންޑަޕް ކޮމޭޑިއަން ކަޕިލް ޝަރްމާގެ ކައިވެނީގެ 2 ވަނަ އަހަރު ފުރުން ފާހަގަކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ނަމަވެސް އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަޕިލް އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ވަނީ އަނބިމީހާ ގިންނީ ޗަތުރަތުގެ ކިބައިން މާފަށްއެދިފަ އެވެ.

 

View this post on Instagram

 

A post shared by Kapil Sharma (@kapilsharma)

މި ޕޯސްޓްގައި ކަޕިލް ބުނެފައި ވަނީ އެދެމަފިރިންގެ ކައިވެންޏަށް 2 އަހަރު ފުރޭ އެނިވާސަރީގައިވެސް މަސައްކަތުގައި އުޅެން ޖެހޭތީ ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށެވެ. ނަމަވެސް ހަދިޔާ ދޭން ބޭނުން ވަންޏާ މަސައްކަތް ކުރަންވެސް ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ކަޕިލް އާއި ގިންނީ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަދުވަހު އެވެ. އެއަށްފަހު ތަފާތު އެކި ތަންތާ ކައިވެނީގެ ހަފްލާ ބާއްވާފައި ވެއެވެ. އޭގެތެރޭގައި ދިއްލީ، މުމްބާއި ގެ އިތުރުން ކަޕިލްގެ އުފަން ޝަހަރު އަމްރިތުސަރް ހިމެނެއެވެ.

މި ކައިވެންޏަށް އެއް އަހަރު ވާން 2 ދުވަހަށް ވެފައި ވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަދުވަހު އެ ދެމަފިރިންނަށް ވަނީ އަންހެން ކުއްޖަކު ލިބިފައިއެވެ. މީގެ އިތުރުން ޚަބަރުތަށް ބުނާ ގޮތުން މިހާރު ގިންނީ އިނީ ދެވަނަ ދަރިފުޅަ ބަލިވެއެވެ.

 

View this post on Instagram

 

A post shared by Kapil Sharma (@kapilsharma)

މިހާރު ކަޕިލް ކުރަމުންދާ މަސައްކަތަކީ އޭނަގެ އަމިއްލަ ނަމުގައި ސޮނީން ގެނެސްދޭ ކޮމެޑީ ޝޯވ "ދަ ކަޕިލް ޝަރްމާ ޝޯވ" ގެ މަސައްކަތް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.