އެތައް ގޮތަކުން ޗައިނާއަކީ ދުނިޔޭގެ ބާރަކަށްވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރީގެ ފުރުޞަތުތައް ވަނީ އިތުރުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޗައިނާގެ ސަރުކާރު ހިއްސާވާ ބޭންކުތައް މެދުވެރިކޮށް މާލީ ލޯނު ދިނުމުގެ އިތުރުން، އެމެރިކާގެ ދިފާއީ ވިޔަފާރިތަކަށް ބަރޯސާވާން ބޭނުން ނުވާ ޕާޓްނަރު ގައުމުތަކަށް ވެސް ޗައިނާއިން ގެންދަނީ ހިމޭންކަމާއެކު މަތީ ފަންތީގެ އަސްކަރީ އާލާތްތައް އެކްސްޕޯޓް ކުރަމުންނެވެ.
މިވަގުތު ބެއިޖިންއަކީ އަސްކަރީ އާލާތްތައް ފަސްވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ޤައުމެވެ. ބަންގްލަދޭޝް، މިޔަންމާ، ތައިލެންޑް، ނޯތު ކޮރެއާ އަދި އެހެނިހެން ގައުމުތަކަށް ބޮޑެތި އަދަދުތަކުން އެކްސްޕޯޓް ކުރަމުން އަންނައިރު، ޗައިނާއިން ދަނީ އެވްރެޖް ކޮލިޓީއަށް ވުރެ ދަށް ފެންވަރުގެ އިކުއިޕްމަންޓްތައް ހެޔޮ އަގުގައި ފޯރުކޮށްދީ އެކްސްޕޯޓް ހިއްސާ ވަރަށް ބޮޑަށް އިތުރު ކުރަމުންނެވެ.
އެހެންނަމަވެސް މި އެކްސްޕޯޓު އާލާތްތައް ގަންނަމުންދާ ފަރާތްތަކުގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބެއިޖިންގެ ދިފާއީ އެކްސްޕޯޓުގައި މަޝްޣޫލުވެފައިވާ އިފެކްޓިވް އަދި ގޯސް އާލާތްތަކެވެ. ހުޅަނގުގެ އެހެން ޤާބިލު އެކްސްޕޯޓްކުރާ ކުންފުނިތަކަށްވުރެ ހެޔޮ އަގެއްގައި ޗައިނާގެ އިކުއިޕްމަންޓްތައް ލިބިފައިވާތީ، އެ ޤައުމުތަކުގެ ސިޔާސަތުތައް ކަނޑައެޅުއްވި ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބައެއް ރިޕޯޓުތަކުން ވަނީ އިޝާރާތްކޮށްފައެވެ.
މިފަދަ ހާދިސާތަކުގެ މިސާލުތައް މަދެއް ނޫނެވެ. ޗައިނާގެ އޭޝިއާގެ ބައިވެރިން ފެށިގެން އެފްރިކާގެ ގައުމުތަކާ އެކު ކުރިއަރަމުން އަންނަ ގުޅުންތަކާއި ހަމައަށް، ޗައިނާގެ އަގުހެޔޮ ހަތިޔާރުތަކުގެ ސަބަބުން އިމްޕޯޓް ކުރާ ގައުމުތަކުގައި ދިފާއީ ބާރުތައް އެތައް ބަޔަކަށް ވަނީ އަނިޔާއާއި އަދި މަރާވެސް ކުރިމަތިލާން ޖެހިފައެވެ.
އޭގެ އެއް މިސާލެއްގެ ގޮތުން، ބެއިޖިންއިން ވަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާއަށް ޒަމާންވީ މިންގް ކްލާސް 035ޖީ ގެ ދެ ސަބްމެރިން އެކްސްޕޯޓްކޮށްފައެވެ. ބަންގްލަދޭޝްގެ އޮފިޝަލުން ވެސް ވަނީ ޗައިނާއިން އެތެރެކުރި ކޭ-8ޑަބްލިއު މަރުކާގެ މަތިންދާ ބޯޓަށް ބަރުކޮށްގެން ބަޑި ޖެހުމުގައި މައްސަލަތަކެއް ހުރި ކަމަށް ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ޗައިނާއިން ވަނީ ނޭޕާލަށް ވައި12އީ އަދި އެމްއޭ60 މަރުކާގެ ހަ މަތިންދާބޯޓު ވިއްކާލާފައެވެ.
މީގެ އަހަރުތަކެއް ކުރިން މިޔަންމާގެ އަސްކަރީ ޖުންޓާ އިން އެގައުމުގެ ވެރިކަމާ ހަވާލުވި ފަހުން ޗައިނާގެ އެކްސްޕޯޓް ވަރަށް ބޮޑަށް އިތުރުވެފައިވާ މިޔަންމާގައި ދިފާއީ އާލާތްތަކުގެ ހަރުދަނާކަމާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ވަނީ ބުރޫ އަރާފަ އެވެ. ޗައިނާގެ ޖޭއެފް-17 މަރުކާގެ މަތިންދާބޯޓުގައި ހުރި ބިޔޯންޑް ވިޝުއަލް ރޭންޖް މިސައިލްގެ އިތުރުން އެއާބޯން އިންޓަސެޕްޝަން ރާޑަރު ނެތުމުގެ ސަބަބުން މިޔަންމާ ގެ އަސްކަރިއްޔާގެ ސިފައިން ވަނީ ޗައިނާގެ ދިފާއީ ފެންވަރު ދަށްކަމަށް ބުނެ ނުތަނަވަސްވެފައެވެ.
ހަމަ އެބީދައިން، ޕާކިސްތާނުން ވެސް ވަނީ ޗައިނާއިން އެގައުމަށް ގަނެފައިވާ، އެފް-22ޕީ ފްރިގޭޓްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ޗައިނާއިން ގަނެފައިވާ ހާއްސަ އިކުއިޕްމެންޓްތަކަަށް ކުރިމަތިވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ޕާކިސްތާނުން ވަނީ ޗައިނާގެ ހާއްސަ އިކުއިޕްމަންޓްތައް އެއްފަރާތްކޮށްފަ އެވެ. މީގެ ތެރެއިން އެއް މައްސަލައަކީ ޗައިނާގެ އަމިއްލަ އެފްއެމް90 (އެން) މިސައިލް ސިސްޓަމް، އެ ސިސްޓަމްގެ އިމޭޖިން ޑިވައިސްތައް ގޯސްވުމުގެ ސަބަބުން މުޅިން އެއްލާލާފައިވާ ސިސްޓަމެވެ.
އެހެންނަމަވެސް، މިފަދަ މައްސަލަތަކުގެ ސަބަބުން ޗައިނާގެ ދިފާޢީ އާލާތްތަކުގެ އެވްރެޖް ޤާބިލުކަން ދަށްކަން ހާމަވެގެން ދިޔައީ ހަމައެކަނި އޭޝިއާ ކޮންޓިނެންޓްގައި އެކަންޏެއް ނޫނެވެ. ނައިޖީރިއާގެ އަސްކަރިއްޔާއިން ވެސް ވަނީ ޗައިނާއިން އުފެއްދި އެފް-7 މަރުކާގެ މަތިންދާބޯޓުތަކުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ރިޕޯޓްކޮށްފަ އެވެ.
އަދި ޗައިނާގެ ކުންފުނިތަކުން ނުވަތަ އޮފިޝަލުން، އެގައުމުން ފޯރުކޮށްދޭ އަސްކަރީ އާލާތްތަކަށް ކުރިމަތިވާ މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށް ނުދިނުމުގެ ސަބަބުން، އާލާތްތައް ފޯރުކޮށްދެވޭ ސަރުކާރުތަކުގެ އެތެރޭގެ އުފެދޭ ސިޔާސީ މައްސަލަ އިންތިހާއަށް ބޮޑުވަމުންދާކަންވެސް ގައުމުތަކުން ދަނީ ފާހަގަ ކުރަމުންނެވެ.
މިކަންކަމުގައި މިއަށްވުރެ ބޮޑު ކަންބޮޑުވުމަކަށްވެފައި ވަނީ ޗައިނާއިން އުފައްދަމުން އަންނަ ހާޑްވެއާއަށް ބަރޯސާވުމަށް ގައުމުތަކަށް މަޖުބޫރު ވުމެވެ. އޭގެ އެއް ސަބަބަކީ، ޗައިނާއިން ސަޕްލައި ކޮށްދޭ އިކުއިޕްމެންޓަކީ ވާދަވެރި އުފެއްދުންތައް އުފައްދާ ބޭރުގެ އެހެން ކުންފުނިތަކާ ނުގުޅޭ ގޮތަށް ހަދާފައިވާ ސާމާނުތަކަށް ވުމެވެ. މިކަމުގެ ސަބަބުން ޗައިނާގެ ވިޔަފާރިތަކުން އިމްޕޯޓް ކުރާ ޤައުމުތަކަށް ސާމާނުތައް އިތުރަށް ގަތުމަށް ވަނީ މަޖުބޫރުވެފައެވެ.
ބަންގްލަދޭޝްއަކީ މީގެ އެއް މިސާލެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ޗައިނާގެ އުފެއްދުންތެރިންގެ ހާޑްވެއަރ އެތެރެކުރުން ކުރިއަށް ގެންދަން ޖެހިފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ދިފާޢީ އާލާތްތައް އިމްޕޯޓްކުރުން 85 އިންސައްތައަށްވަނީ އަރާފައެވެ. ނޭޕާލަކީ ވެސް އެފަދަ ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. 2.5 ބިލިއަން އެންޕީއާރުގެ އަސްކަރީ ހާޑްވެއާ ޗައިނާއިން ހޯދުމަށް ކަތުމަންޑޫއަށް މިހާރުވަނީ މަޖުބޫރު ވެފައެވެ.
ޗައިނާގެ ދިފާއީ ވަސީލަތްތަކަށް ބަރޯސާވުމުގެ ގޮތުން ނޭޕާލްގެ އޮފިޝަލުންނަށް ރިޝްވަތު ދީގެން ވެސް މި ވިޔަފާރިތަކުން ދަނީ ޑީލްތައް ހަދަމުންނެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި، ޚާއްޞަކޮށް ދިފާޢީ ދާއިރާއިން މިފަދަ ވިޔަފާރީގެ މުޢާމަލާތްތައް ބޭނުންވާ ޤައުމުތަކުން، ހަމައެކަނި އެވްރެޖް އިކުއިޕްމަންޓްތައް ލިބޭ ރަނގަޅު ޑީލްތަކަށް މަޝްވަރާކުރަންޖެހޭނެއެވެ.
މިގޮތުން ތައިލޭންޑު ފާހަގަވެގެން ދަނީ އެހެން ގައުމުތަކުން ވެސް ބަލައިގަންނަންޖެހޭ މުހިންމު ނަމޫނާއަކަށެވެ. ދާދި ފަހުން ތައިލެންޑްގެ އޮފިޝަލުން ވަނީ ޗައިނާގެ އެސް26ޓީ ޔުއާން ކްލާސް ސަބްމެރިން ތައް އެގައުމުގެ ނޭވީއަށް ގަތުމުގެ އެއްބަސްވުން ބާތިލްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިފަދަ މިސާލުތަކަކީ ޗައިނާގެ އެއްބާރުލުން އިތުރުކުރުމަށް ޓަކައި ދިފާއީ ބަޖެޓު ނުރައްކަލަށް ހުށަހެޅިގެން ދިއުމަކީ ނުރައްކާ ބޮޑު ސިޔާސީ މަސައްކަތެއްކަން ދުނިޔޭގެ ގައުމުތަކަށް ހަނދާންކޮށްދޭން ކަމެކެވެ.
ޗައިނާގެ އެއްބާރުލުން އިތުރުކުރުމުގެ ބަދަލުގައި އެޤައުމުތަކުގެ ދިފާޢީ ބާރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭކަން އިމްޕޯޓްކުރާ ޤައުމުތަކުން ވަރަށް އަވަހަށް ވިސްނަން މަޖުބޫރުވާނެކަަމަށް އަސްކަރީ އަދި ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. މިފަދަ ހާލަތްތަކުގައި ދިފާއީ މުއާމަލާތްތައް އަލުން މަޝްވަރާ ކުރުމަށް ގައުމުތަކުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށާއި ނުރަނގަޅު އާލާތްތަކުން ކުރެވޭ މުއާމަލާތުތަކަށް ޖަވާބުދާރީވާން ޖެހޭނީ ޗައިނާގެ ފަރާތަށް ކަން ކަށަވަރު ކުރަން ޖެހެ އެވެ. އެހެން ނޫންނަމަ ދިފާއީ އާލާތްތައް އެތެރެކުރާ ދައުލަތްތަކަށް ނުރައްކާތެރި ހާލަތްތަކާއި ކުރިމަތިލާން ޖެހި، ފުރާނައަށް ނުރައްކާވާ ހާލަތްތަކާވެސް ކުރިމަތިލާން ޖެހޭނެކަމަށްވެސް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.