"ޝައިތާން" ގެ ޓީޒާއެއް އާންމުކޮށްފި

"ޝައިތާން" ގެ ޓީޒާއެއް އާންމުކޮށްފި

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2024 08:32
0

މިގެ ދެދުވަހެއް ކުރިން ފަސްޓްލުކް ޕޯސްޓަރު ދައްކައިލި އަޖޭ ދޭވްގަން ގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ ޓީޒާއެއް މިއަދު އާންމުކޮށްފި އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ގަނަޕަތު"ގެ ޑައިރެކްޓަރުގެ މި ފިލްމަކީ، އާދަޔާ ޚިލާފު ބިރުވެރި ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. އަޖޭގެ އިތުރުން މި ފިލްމް އިން ފެނިގެންދާނީ އާރް މާދަވަން އެވެ. އަދި މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ އެކްޓާ ސޫރިއާގެ އަންހެނުން ޖަޔޮތިކާވެސް ފެނިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

މި ފިލްމަކީ މިދިޔަ އަހަރުގެ ފަހުކޮޅު ޓައިގާ ޝްރޮފްގެ "ގަނަޕަތު" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ހަދާފައިވާ ފިލްމެކެވެ. "ޝައިތާން" އަކީ ވިކާސްއާ އެކީ އަޖޭ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

މި ފިލްމްއަކީ މިދިޔަ އަހަރު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ގުޖްރާތުގެ އެ ފިލްމަށް ލިބުނު ތަރުހީބާ އެކު "ޝައިތާން"ގެ ނަމުގައި ގެނެސްދޭން ނިންމީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.