"ޝައިތާން" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފި

"ޝައިތާން" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2024 06:14
0

އަޖޭ ދޭވްގަންގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

އާންމުކޮން މިފަދަ ފިލްމް ތަކުން ފެނިގެންނުދާ އަޖޭގެ މި ފިލްމް ގައި އޭނާ އާއި އެކުގައި ފެނިގެންދާނީ އާރް މަދަވަންއެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމްއިން ސައުތުގެ މަޝްހޫރު ބަތަލާ ޖަޔޮތިކާ ވެސް ފެނިގެންދާނެއެވެ.

ސިހުރާއި ހާހޫރައިގެ ސަބަބުން ބައެއްގެ ދިރިއުޅުމަށް ކުރިމަތިވާ ހާޖާނުގަނޑެއް ދައްކުވައި ދޭ މި ފިލްމް  އަކީ އަންނަ މާޗް 8 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

މި ފިލްމްއަކީ މިދިޔަ އަހަރު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ގުޖްރާތުގެ އެ ފިލްމަށް ލިބުނު ތަރުހީބާ އެކު "ޝައިތާން"ގެ ނަމުގައި ގެނެސްދޭން ނިންމީއެވެ.

މިދިޔަ އަހަރު ފިލްމު "ބޯލާ"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރުގެ ފިލްމު "ޝައިތާން"އަށް ފަހު ބެލުންތެރިންނަށް އަޖޭ ފެންނާނީ މި އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރެވޭ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.