ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މީހުންގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ ބިންގާ އަޅައިފި

ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މީހުންގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ ބިންގާ އަޅައިފި

Author
ހުސެއިން
24 ޖެނުއަރީ 2024 07:42
0

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މިހުންގެ ޖާގައިގެ ހޮލްޑިންގ ޔުނިޓްގެ ބިންގާ މިއަދު އަޅައިފިއެވެ.

ހުޅުމާލޭ ޖަލުގައި މި އާ ހޯލްޑިންގ ޔުނިޓް ޤާއިމްކުރުމުގެ މަޤްޞަދަކީ ހުޅުމާލޭ ޖަލުގައި ތިބި ޤައިދީންނަށް ދެވޭ ޙިދުމަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، އަލަށް ޖަލަށް ގެންނަ ޤައިދީން ބަންދުމީހުން ޖަލުތަކަށް ގެންދެވެންދެން ބޭތިއްބުމާއި އެކި ބޭނުންތަކަށް މާލެ ގެންނަ ޤައިދީންނާއި ބަންދުމީހުން ގެންނަ ބޭނުން ނިމި އަނބުރާ އެޖަލުތަކަށް ގެންދެވެންދެން ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މިއަދު ހެނދުނު އެ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި އާ ޔުނިޓްގެ ބިންގާ އަޅުއްވާ ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. މި ރަސްމިއްޔާތުގައި އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓާއި ހުޅުމާލޭ ޖަލުގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މީގެ ކުރިން ޓްރާންސިޓްކޮށް ގެންނަ ޤައިދީންނާއި ބަންދުމީހުންބޭތިއްބީ މާލޭ ޖަލުގައެވެ. އެހެން ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު މާލޭ ޖަލު ބަންދު ކުރިމާ ގުޅިގެން، ހުޅުމާލޭ ޖަލުގައި ޓްރާންސިޓްކޮށް ގެންނަ ޤައިދީންނާއި ބަންދުމީހުން ބޭތިއްބޭނެ ތަނެއް ހެދުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

އަލަށް ޤާއިމްކުރެވޭ 40 މީހުމްގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ އިތުރުން، މުސްތަގްބަލްގައި އެއިމާރާތައް އިތުރު ބައިތައް އެކުލަވާލެވި، ޖުމްލަ 77 މީހުން ބޭތިއްބޭ ވަރުގެ ތަނެއް ނިންމޭނެއެވެ.

މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 4 މަސް ދުވަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.