ވިއްކަމުން ވިއްކަމުން ގޮސް މިހާރު ދިމާކޮށްފައިވަނީ ގަބުރުސްތާން ވިއްކާލަން: މުސްތަފާ

ވިއްކަމުން ވިއްކަމުން ގޮސް މިހާރު ދިމާކޮށްފައިވަނީ ގަބުރުސްތާން ވިއްކާލަން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 05:41
0

ރާއްޖޭގެ ހަރުމުދާތަކާއި ބިންތައް ވިއްކައި ހުސްކުރަމުންދާ ސަރުކާރުން މިހާރު އަޒާމު ހުރީ ރާއްޖޭގައި ހުރި ގަބުރުސްތާންތައްވެސް އަވަށްޓެރި ޤައުމުތަކަށް ވިއްލާކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޤައުމުގައި، މިޤައުމުގެ ރައްޔިތުން މަރުވުމުން ވަޅުލާނެ ބިންކޮޅެއްވެސް މިއަދު ނެތްއިރު، އެހެން ޤައުމުތަކުން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލާން އުޅެނީ ކޮން މަގުސަދެއްގައިތޯ ސުވާލު އުފައްދަވާފައެވެ.

އަދި މިއަދު ސަރުކާރުން ޤައުމުގެ ހަރުމުދަލާއި ބިންތައް ވިއްކާ ހުސްކުރުމަށްފަހު މިހާރު ދިމާކޮށްފައިވަނީ ރާއްޖޭގައި ހުރި ގަބުރުސްތާންތައްވެސް ވިއްކާ ލުމަށް ކަމަށެވެ. މިއީ ދިވެހި ރައްޔިތުން ތާއީދު ނުކުރާނެކަމެއް ކަމަށާއި، މިކަން ކުރަން އުޅެނީ އަމިއްލަ މަންފާއެއް ހާސިލް ކުރުމަށްކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ މަޝްވަރާ މިހާރު ސަރުކާރުން ކުރަމުންދާއިރު، މިކަމުގައި އަދި ވަކި ގޮތެއް ނިންމާފައިނުވެއެވެ. ލަންކާއިން މީގެ ދިޔައީ ކޯވިޑްގައި މަރުވާ މުސްލިމުންވެސް މީގެ ކުރިން އަންދަމުންނެވެ. ނަމަވެސް މިކަމާއި ދެކޮޅަށް އެޤައުމުގެ ގިނަ މުސްލިމުން އަޑު އުފުލައި ބޮޑެތި ހަމަނުޖެހުންތައް ހިންގުމާއި ގުޅިގެން މިހާރުވަނީ މުސްލިމުންގެ ހަށިތައް އެންދުން މަޑު ޖައްސާލާފައެވެ.

ކޯވިޑްގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމާއި ގުޅޭގޮތުން ސޯޝަލްމީޑިޔާގައި ދަނީ އެކި ޚިޔާލު ފާޅުކުރަމުންނެވެ. އަދި މިކަމުގައި ސަރުކާރު ކޯލިޝަންގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި މިކަމަށް އަދި ވިކިގޮތެއް ނިންމިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.