އެއްވެސް "ވަގަކަށް" ފުރައިގެން ފިލަން ޖާގަ ދީގެން ނުވާނެ: ނިހާދު

އެއްވެސް "ވަގަކަށް" ފުރައިގެން ފިލަން ޖާގަ ދީގެން ނުވާނެ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 05:27
0

ރާއްޖޭގެ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްވެފައިވާ އެއްވެސް މީހަކަށް ފުރައިގެން ފިލައިގެން ދިއުމަށް ފުރުސަތު ދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިންއަށް ފުރުން މަނާކޮށް، އޭނާ ފުރަން ގޮސްހުއްޓައި ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅިގެން ނިހާދު ކުރި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުން، ޚިޔާނާތްވެފައިވާ މީހުން ފުރައިގެން ބޭރުގައި ފިލައިގެން އުޅުމަށް ޖާގަ ދީގެން ނުވާނެކަމަށެވެ. އެކަން ހުއްޓުވައި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަކީ ރައްޔިތުން އެދޭގޮތްކަމަށް ނިހާދު ވިދާޅުވިއެވެ.

ވަގުންގެ ތެރެއިން އެއްވެސް ވަގަކަށް ފުރައިގެން ފިލައިންގެ ދާން ފުރުސަތު ދީގެން ނުވާނެ! ބާކީތިބި ހުރިހައި ވަގުން ފިލަން ރާއްޖެއިން ބޭރަށް ދާން ރާވާ ޚަބަރު ލިބޭ.

– ނިހާދު ވިދާޅުވިއެވެ.

ނިހާނު މިއަދު ފުރަން ގޮސްހުއްޓައި ޕާސްޕޯޓް ހިފަހައްޓާފައިވާތީ ފުލުހުން ބުނެފައިވަނީ ނިހާގެ ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާންއާއި ނިހާންގެ އާއިލާގެ ބޭފުޅުންވެސް ވަނީ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސީސީން ވަނީ މިހާރު ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް މިމައްސަލަ ފޮނުވަން ތައްޔާރު ވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.