ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްވެރިކަންކުރުމަށް އެހެން ޤައުމުތަކުގެ މީހުން ދަނީ ބޭނުން ކުރަމުން ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުން ހުރީ އެމް.އެން.ޑީއެފް މެދުވެރިކޮށް ކަނޑު ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރެއްވުން ކަމުގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މަސްވެރިންނަށް ހިންގާ ރެސްކިއު ޑައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމަށް ގދ. މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ ތޯރިގު ވިދާޅުވީ ދިވެހި މަސްވެރިންގެ ޙައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި، އޭގެ ސަބަބުން މަސްވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބަލަހައްޓަން ޖެހޭ ސަރަހައްދެއް. މިހާތަނަށް އައިރު އެދެވޭ ގޮތެއްގައި ބެލެހެއްޓިފައެއް ނެތް. އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްވެރިކަންކުރުމަށް އެހެން ޤައުމުތަކުގެ މީހުން ދަނީ ބޭނުން ކުރަމުން. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުން ހުރީ އެމް.އެން.ޑީއެފް މެދުވެރިކޮށް ކަނޑު ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރެއްވުން. އަދި ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދުވެސް މަސްވެރިންނަށް ހޯދައިދޭނެކަމުގެ ޔަޤީންކަން އެބައޮތް.
ތޯރިގު ވިދާޅުވިއެވެ.
އަދި ތޯރިގް ވިދާޅުވީ ގެއްލިފައިވާ ކަނޑުގެ ސަރަައްދުވެސް މި ސަރުކާރުން ހޯދާނެކަމަށާއި، ޖުރީގެ ސަރުކާރުން ކަނޑުގެ ދިރާސާއެއް ހެދުމަށް ރާއްޖެއިން ބޭރުގެ ބަޔަކާ ހަވާލުކުރި ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ވިސްނުންހުރީ މިފަދަ ސާރވޭތައް ހައްދަވާއިރު، އެމްއެންޑީއެފް މެދުވެރިކޮށް މިކަންކަން ކުރެއްވުމަަށް ކަމަށެވެ.