އަންހެނުންނަށް ހާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

އަންހެނުންނަށް ހާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

Author
ހުސެއިން
20 ޖެނުއަރީ 2024 10:07
0

އަން ކަނބަލުން ވިޔަފާރީގެ މައިދާނަށް ނެރުމަށް ޚާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ދޫކުރަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް  ވިދާޅުވެއްޖެ އެވެ.

އޭނާ މިކަން ހާމަ ކުރެއްވީ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

ފުއްދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހިއްމު ދެ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ.

މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.