ތައިލެންޑްގެ ވެރިރަށް ބެންކޮކް.

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، އާސަންދަ ކުންފުނިން ފަށައިފިއެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބަލި މީހުން މިވަގުތު ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާ އާއި ސްރީލަންކާއަށެވެ.

އާސަންދަ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ގައުމުތަކަށް ބަލި މީހުން ފޮނުވަން އާސަންދަ ކުންފުނިން ދެކޮޅު ކަމުގައި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތަށް ލިޔެފައި ވަނީ މިދިޔަ ޑިސެމްބަރު 12 ގައި ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މި ހިދުމަތް އިތުރު ގައުމުތަކަށް ފުޅާ ކުރުމުގެ ވިސްނުމެއް އޭރު ނެތް ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭ ގޮތަށް ކަމަށް އާސަންދައިގެ ބަޔާނުގައިވެއެވެ.

"އޭރު ސަރުކާރުން މި ހިދުމަތް ފުޅާކުރުމަށް ނިންމާ އިޢުލާންކޮށްފައި ނުވާކަން ފާހަގަކޮށްލަމެވެ." އާސަންދައިގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިއުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިއާޔަތްކޮށް މިއީ މި ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި އާއްމުންނަށް ސިފަވާހެން ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

"ވީމާ މިފަދައިން ހަބަރުތައް ގެނެސްދެއްވާއިރު ކުންފުނީގެ ބަހެއް ހޯއްދަވާ، ކަމުގެ ޙަޤީޤަތް ސާފުވާނެހެން ހަބަރުތައް ގެނެސްދެއްވުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ." އާސަންދައިގެ ބަޔާނުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ