ނިހާދު، މައުމޫނަށް: ތިމަންނާއަކީ އިސްލާމްދީންކަމަށް ހެދިގެން އުޅުން ހުއްޓާލައްވާ

ނިހާދު، މައުމޫނަށް: ތިމަންނާއަކީ އިސްލާމްދީންކަމަށް ހެދިގެން އުޅުން ހުއްޓާލައްވާ

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 12:08
0

ކޯވިޑް-19 ގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމާއި ދެކޮޅަށް ވާހަކަ ދައްކަވައި، މުޅި އިސްލާމްދީނަކީ ތިމަންނާކަމަށް ހެދިގެން އުޅޭ އުޅުން ހުއްޓާލެއްވުމަށް ރައީސް މައުމޫނަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑް-19 ގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ނިންމައިފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށްކުރެވޭތާއީދަކަށް ކަމުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވެ ކުރެއްވި ޓްވީޓްގައި ނިހާދު ވިދާޅުވީ ރައީސް މައުމޫނަކީ މުޅި އިސްލާމްދީންކަމަށް ދެކިގެން އުޅޭ އުޅުން ބަދަލު ކުރަންޖެހޭކަމަށެވެ. އަދި މިއަދު އެގޮތަށް ދެކިގެން އުޅުއްވިޔަސް އކަން އެހެން ނުވާނެކަމަށް ނިހާދު ވިދާޅުވިއެވެ.

ތިމަންނާއަކީ މުޅި އިސްލާމްދީން ކަމަށް ހެދިގެން އުޅުން ހުއްޓާލުމަށް އާދޭސް ދަންނަވަން! އެހެން އުޅުނަސް އެހެން ނުވެސްވާނެ! ކިޔަވައިގެން ބައިވަރު އިލްމުވެރިން ނިކުމެއްޖެ! ރީތިކޮށް ނަލަކޮށް ޝަރަފްވެރި ކަމާއިއެކު ދެ ދެނިޔެ ހޯދަން މަސައްކަތް ކުރުން މާ ބުއްދިވެރި.

– ނިހާދު ވިދާޅުވިއެވެ.

ދީނީ އިލްމުގެވެރިންގެ މެދުގައި މިކަމުގައި ޚިލާޔް ތަފާތުވެފައިވާއިރު، ގިނަ އިލެމުވެރިން ވަނީ ސަރުކާރުގެ މިނިންމުމަށް މަރުބާ ވިދާޅުވެފައެވެ. ނަމަވެސް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.

ދީނީ އިލްމުވެރިޔާ، އަދި ސަރުކާރު ކޯލިޝަންގެ އެއްބައިވެރިޔާ ރައީސް މައުމޫން ވަނީ މިކަމާއިމެދު ފާޅުކުރަމުންދާ ޝުޢޫރުތަކަށް އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މައުމޫން މިއަދު ވިދާޅުވީ ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާގެ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ރާއްޖެއިން ކޮށްދޭންޖެހޭނެ ކަމެއްނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.