ހަނގުރާމައަށް ދިޔަ 90 ދިވެހިން އެބުނރި އަންނަން ބޭނުން: އިހުސާން

ހަނގުރާމައަށް ދިޔަ 90 ދިވެހިން އެބުނރި އަންނަން ބޭނުން: އިހުސާން

Author
ހުސެއިން
16 ޖެނުއަރީ 2024 03:08
0

ހަނގުރާމައަށް ގޮސް 100 އެއްހާ ދިވެހިން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބިއިރު މީގެތެރެއިން 90 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސީރިއާއަށްދިޔަ 90 މީހުން ތިބި ކަމަށާއި އެހެންނަމަވެސް އެ މީހުންނަކީ މިފަހަރު ގެނެވެނު މީހުން އިތުރަށް ތިބި މީހުން ކަމަށެވެ.

އެ 90 މީހުން އެނބުރި ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވޭ
އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މި 90 މީހުންނަކީވެސް އެކި ގޮތްގޮތުން މުވާސަލާތު ކުރެވި ރާއްޖެ އަންނަން ބޭނުންވެގެން އެދިފައިވާ މީހުން ކަމަށެވެ. އެހެންވެ އެ މީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.

ސީރިއާގައި ކުރެވުނު އެގައުމުގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް އެގައުމަށްދިޔަ 21 ދިވެއްސަކު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، އެމީހުން މިހާރުތިބީ ހިންމަފުށީގައި ހުންނަ ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށްވެސް ހޯމްލޭންޑް މިނިސްޓްރު ވިދާޅުވިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން ރާއްޖެ ގެނެސްފައިވަނީ ތުރުކީ މަގުން، ދިވެހި ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގައި ކަމުގައެވެ.
އޭނާ ވިދާޅުވީ ރާއްޖެ ގެނައި އާލާގެ ތެރޭގައި އަލަށް އުފަންވި ކުދިންވެސް އެބަތިބި ކަމަށާއި، އެހެންނަމަވެސް އެކުންދިންގެ މަންމައާއި އޮތް ގުޅުން ޑީއެންއޭގެ ޓެސްޓުތަކުން ކަށަވަރު ކުރާނެ ކަމުގައެވެ.
އަދި އޭނާ ވިދާޅުވީ މިމީހުން ސީރިއާއަށް ގޮސްފައިވާކަމަށް ބެލެވެނީ ކައިރި ކޮންމެވެސް ގައުމަކަށް ނުވަތަ މެދުއިރުމަތީގެ ކޮންމެވެސް ގައުމަކަށް ދިއުމަށްފަހު ކަމަށެވެ. އެއީ މި ސަރަހައްދުތަކަށް ރާއްޖެއިން ސީދާ ފްލައިތްތައް އޮޕަރޭތް ނުކުރާތީކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރަށް މިގޮތަށް ގޮސްފައިވާ ގިނަ އާއިލާތަކަކީ ބޭސްފަރުވާއަށް ނުވަތަ އެފަދަ ކޮންމެވެސް ބޭނުމަކަށް އަވައްޓެރި ގައުމަކަށް ދިއުމަށްފަހު އެގައުމުތަކުން ފުރައިގެން ދާ އާއިލާތައް ކަމަށްވާތީއެވެ.
އަލީ އިހުސާން ވިދާޅުވީ މިފަހަރު ގެނެވުނު 21 މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ 14 ކުދިން ތިބިކަމުގައެވެ.
އިހުސާން ވިދާޅުވީ މިފަހަރު ގެނެވުނު އެއް އާއިލާއަކީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށްފަހު އެގައުމުން ފުރައިގެން ސީރިއާއަށް ދިޔަ އައިލާއެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.