ޕްރައިމަރީއާ ނުލައި އިތުރު 10 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

ޕްރައިމަރީއާ ނުލައި އިތުރު 10 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

Author
ހުސެއިން
15 ޖެނުއަރީ 2024 10:02
0

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޕްރިމަރީއަކާ ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް އިތުރު 10 ބޭފުޅަކަށް ކަށަވަރު ވެއްޖެއެވެ.

އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން އެކަމަށް ހުށައެޅުއްވި ފަރާތްތަކުގެ ތެރެއިން އިތުރު 10 ފަރާތަކަށް ޕްރައިމަރީއާއި ނުލާ ޓިކެޓް ކަށަވަރު ވެފައިވާ ކަމަށެވެ.

ޕްރައިމަރީއާ ނުލައި ޓިކެޓް ކަށަވަރުކުރި ފަރާތްތަކުގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އެމްޑީޕީ ތިން މެންބަރުން ހިމެނެ އެވެ. އަދި މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރުގެ ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދުވެސް ހިމެނެ އެވެ.

ޕްރިމަރީއަކާއި ނުލާ ޓިކެޓް ކަށަވަރުކޮށްފައިވާ ފަރާތްތަކަކީ:

  1. އަމީން ފައިސަލް – ކަނޑިތީމު ދާއިރާ
  2. ސަލީމް ހުސައިން – އިނގުރައިދޫ ދާއިރާ
  3. އަލީ ނިޔާޒު – ކުރެންދޫ ދާއިރާ
  4. ޝާތިރު އަބްދުއްރަހްމާން – ހުރާ ދާއިރާ
  5. ރުގިއްޔާ މުހައްމަދު – ދަނގެތީ ދާއިރާ
  6. މޫސާ ޝިޔާމް އަބްދުﷲ އަލީ – މުލަކު ދާއިރާ
  7. އަބްދުﷲ ޝަރީފް – ގަމު ދާއިރާ
  8. އަހުމަދު ސައީދު – ގެމަނަފުށީ ދާއިރާ
  9. އަހްމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ
  10. އިބްރާހީމް މުއިއްޒު – ހެންވޭރު އުތުރު ދާއިރާ

ޕްރައިމަރީއާ ނުލާ އެމްޑީޕީގެ ޓިކެޓް އިތުރު 10 ފަރާތަކަށް ދީފައިވާއިރު، މީގެ ކުރިންވެސް 34 ފަރާތަކުން ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ޓިކެޓް ވަނީ ކަށަވަރުކޮށްފަ އެވެ. އެހެންކަމުން އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި 44 ދާއިރާއެއްގެ ޕްރައިމަރީ ނޯންނާނެ އެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއްވާ ހޮނިހިރު ދުވަހު ކަމަށެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.