އައްޑޫގައި އެކްސިޑެންޓުވެ 2 އަންހެނަކަށް އަނިޔާ ވެއްޖެ

އައްޑޫގައި އެކްސިޑެންޓުވެ 2 އަންހެނަކަށް އަނިޔާ ވެއްޖެ

Author
ހުސެއިން
15 ޖެނުއަރީ 2024 10:23
0

އައްޑޫ ސިޓީގެ ފޭދޫގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި ހިމެނޭ ކާރާއި ސައިކަލަކީ އެއްގަމު ދަތުރުފަތުރު ގާނޫނާ އެއްގޮތަށް ރެޖިސްޓްރީ ކޮށްގެން ދުއްވާ އުޅަނދު ތައްކަމުގައެވެ. މި ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށާއި، އެކްސިޑެންޓް ހިނގުމުން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ސީން ޕްރޮސެސްކޮށް މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލްގައި ތިބި ދެމީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެންގޮސް ދެވަނަ މީހާއަށް އެކިވަރުގެ އަނިޔާ ވެފައިވާކަމުގައެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 37 އަހަރުގެ އަންހެނަގަކާއި އުމުރުން 10 އަހަރުގެ އަންހެނަކަށެވެ.

ދެމީހުންނަށްވެސް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންކަމަށާއި ދެމީހުންގެ ހާލުވެސް ރަގަޅުކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.