ރައީސުލް ޖުމުހޫރިއްޔާ އަށްޓަކައި ފަޚުރުވެރިވަން: ޝަހީމް

ރައީސުލް ޖުމުހޫރިއްޔާ އަށްޓަކައި ފަޚުރުވެރިވަން: ޝަހީމް

Author
ހުސެއިން
14 ޖެނުއަރީ 2024 09:34
0

ރާއްޖޭގެ ބަޔަކު (ކުރީ ސަރުކާރުން) ދިން ގޯތި ދެވޭނީ އެތަން ހިއްކުމުން ކަމަށާއި، އެތައް ބާރު ދުވެލީގައި ހިއްކެމުންދާ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ހުޅުމާލެ ތިންވަނަ ފިޔަވަހިވެސް ދަނީ ހިއްކަމުން ކަމަށާއި، ކުންފިނުތަކާއި ވުޒާރާތަކުގައި ހުރި ބިލިއަން ދަރަނި ފުއްދައިދީ އެތަންތަންވެސް ރައީސް މުއިއްޒު ޠަބީޢީ ހާލަތަށް ގެންނަމުން ދާކަމުގައެވެ.

އަދި ޤައުމުގެ އަމިއްލަވަންތަކަން ރައީސް މުއިއްޒު އިއާދަ ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށްޓަކާ ފަޚުރުވެރިވާ ކަމުގައި ޑރ. ޝަހީމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ރާއްޖެ ކުޑަވުމަކީ އެހެން ގައުމުތަކުން ރާއްޖެއަށް ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމުގައެވެ. އަދި ރާއްޖެ ވަކި އެއްގައުމަކަށް ބަރޯސާވުން ކުޑަކުރުމަށް އިންޑިއާ ފިޔަވާ އެހެން ގައުމުތަކުންވެސް ކާޑުގެ ބާވަތްތައް ގެންނަގޮތަށްވެސް މިހާރު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.