އުމްރާ އަށް ގޮސް އުޅުނު އުމުރުން 67 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މި އަންހެން މީހާ ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ނިޔާވި އަންހެން މީހާ އުމުރާގެ އަޅުކަން އަދާކުރުމަށް އަލް މަނާސިކް ހައްޖު އުމްރާ ގްރޫޕްގެ ހަވާލުގައެވެ.
މިއަދު މެންދުރު ނަމާދަށް ފަހު މައްކާގެ އަލް މަސްޖިދުލް ޙަރަމްގައި ވަނީ އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފައެވެ.
މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުވެސް އުމްރާއަށް ގޮސް އުޅެނިކޮށް ދިވެއްދަކު ނިޔާވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ