ޗައިނާގެ ޝިންމިއަން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީރައީސް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭ ގޮތުން ޗައިނާގެ އިސްވެރިންނާއެކު އެންމެ މަތީފެންވަރުގައި މަޝްވަރާ ކުރެވުނު ކަމުގައެވެ.
އެގޮތުން ޗައިނާގެ ޝިންމިއަން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހުނީ މި މަޝްވަރާތަކުގެ އަލީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރައީސް ވިދާޅުވީ ކުރިއަށް އޮތް ބަހާރު މޫސުން ފެށޭއިރަށް އެ އެއާލައިނުން ރާއްޖެއާއި ޗައިނާގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުނުގައި ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް ޗައިނާ ޓުއަރިސްޓުން ގިނަވެގެން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގެނެވޭ މިންވަރަށް މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ކަމުގައެވެ.
ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް ޗައިނާ ޓުއަރިސްޓުން ގިނަވެގެން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެވޭ މިންވަރަށް މަސައްކަތްތައް ތަރުތީބުކުރެވުނު.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2019 ގައި ރާއްޖެއައި ފަތުރުވެރިންނަށްވުރެ ދެގުނަ އިތުރަށް ކުރިޔަށް އޮތް ދެއަހަރު ތެރޭ ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމުގައެވެ.