ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ މައްޗަންގޮޅީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ހިގައްޖެއެވެ.
ސްޓެލްކޯއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ކޭބަލަށް ގެއްލުންވެ ކަރަންޓު ދިޔައީ ކާމިނީމަގު ސަރަހައްދުން ކަމުގައެވެ.
އަދި ވަގުތީ ކޭބަލެއް އަޅައި ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމުގައިވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މިކުންފުނީގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ މައްޗަންގޮޅީގެ ކާމިނީމަގު ސަރަހައްދުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. ވަގުތީ ކޭބަލެއް އަޅައި ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް…
— STELCO (@STELCOMALDIVES) January 12, 2024
މިމަސައްކަތް ކުރިޔަށްދާއިރު ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ