ދިވެހީންގެ މައިދޮރާޝި ދިވެހީންނަށް ހޯދެއްވުމަށް ގާނޫނީ ގޮތުން އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އާޒިމާ: އަދުރޭ

ދިވެހީންގެ މައިދޮރާޝި ދިވެހީންނަށް ހޯދެއްވުމަށް ގާނޫނީ ގޮތުން އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އާޒިމާ: އަދުރޭ

Author
ހުސެއިން
11 ޖެނުއަރީ 2024 09:10
0

ދިވެހީންގެ މައިދޮރާޝި ބޭރުގެ ވިޔަފާރި ކުންފުންޔަކަށް ވިއްކާލާފަ އޮއްވާ، އެ ހޯދެއްވުމަށް ގާނޫނީ ގޮތުން އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އާޒިމާ ކަމުގައި ރައީސް މުއިއްޒުގެ ޚާއްސަ މުޝީރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބުދިއްރަހީމް މިހެން ވިދާޅިވީ މިއަދު ބޭއްވި، މާލޭގެ މޭޔަރިކަމަށް ވާދަ ކުރައްވާ ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު ކެންޕެއިންގެ ހަރަކާތުގެ ތެރެއިން މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު، ބައިވެރިންނާ  މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އަބުދުއްރަހީމް ވިދާޅުވީ އާޒިމާ މޭޔަރުކަމަށް އިންތިޚާބުކުރާންޖެހޭ ސަބަބަކީ އެއީ ކަމަށާއި، އާޒިމާ މޭޔަރުކަމަށް އިންތިޚާބު ކޮށްފިނަމަ މާލޭގެ ރައްޔިތުންނަށް ހިންހަމަޖެހުމާއި ތަނަވަސްކަން ލިބިގެންދާނެ ކަމުގައެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން، މާލޭ ސިޓީ ކައުންސިލްގެ ކުރިޔަށް އޮތް މޭޔަރ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި މިއަދު ހަވީރު ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ވަނީ ބައިވެރި ވެފައެވެ.

އާޒިމާ ކެމްޕޭންއިން ސައިކަލްބުރު މިއަދު ފެށީ  ހަވީރު 3:45 ގައި، އިއްޒުއްދީން މަގު (ހައުސިންގ މިނިސްޓްރީ ކައިރި)ންނެވެ.

މި ސައިލަކް ބުރުގައި ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސައިކަލް ބުރަށްފަހު ވާހަކަ ދައްކަވަމުން އާޒިމާ ވިދާލުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަމުންދާ ކެމްޕޭންއަކީ ގައުމީ ޖިހާދެއް ކަމަށާއި، ހޮނިހިރު ދުވަހު ލާ ވޯޓަކީ ގައުމިއްޔަތާއި ގުޅިފައިވާ ވޯޓެއް ކަމުގައެވެ.

އާޒިމާގެ އިތުރަށް ވިދާޅުވީ ސަރުކާރާ އިދިކޮޅު ކެނޑިޑޭޓުން ހޮވިއްޖެނަމަ މި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާނެކަމުގައެވެ.

އޭގެ ހެއްކެއްގެ ގޮތުން އާޒިމާ ވިދާޅުވީ މާލޭ ސަރަހައްދަށް އެންމެ މުހިންމު މައްސަލަ ކަމަށްވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމާއި ސަރުކާރު ދެކޮޅު ކެނޑިޑޭޓުން ދެކޮޅު ހައްދަވަމުން ގެންދަވާ ކަމުގައެވެ.

މިހާރު އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި, ރަައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ހުރަސް އަޅާނެ ބަޔަކު މާލޭގެ މޭޔަރު ކަަމަށް ގެނެވިއްޖެ ކަމަށް ވަންޏާ, ރާއްޖޭގެ ކުރިއެރުމާއި ތަަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވާނެ.

އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އަމިއްލަ ގައުމާ ދެކޮޅަށް ވާހަކަ ދައްކައިގެމް ނުވާނެ ކަމަށާއި އެހެންނަމަވެސް އިނދިކޮޅު ޕާޓީން އެކަންވެސް ކުރަމުން ދާކަމުގައެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށާއި، އަދި ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަގޮތުން ވާދަކުރާ ފުރަހަނު ޝުއައިބުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.