ރާއްޖެއަށް 1000 ސްކޮލަރޝިޕް ފުރުޞަތު ދޭން ޗައިނާ ސަރުކާރުން ނިންމައިފި

ރާއްޖެއަށް 1000 ސްކޮލަރޝިޕް ފުރުޞަތު ދޭން ޗައިނާ ސަރުކާރުން ނިންމައިފި

Author
ހުސެއިން
11 ޖެނުއަރީ 2024 08:50
0

ޗައިނާ ސަރުކާރުން ރާއްޖެއަށް 1000 ސްކޯލަރޝިޕް ފުރުސަތު ދިނުމަށް ހަމަޖައްސާފައިވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

ޗައިނާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލިކުރައްވާ ރައީސް ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވައިފައެވެ. އަދި ރައީސް ވަނީ އެ ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ

ޗައިނާ ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވާ ސްކޮލަރޝިޕުތައް ދޭން ހަމަޖައްސާފައިވަނީ 5 އަހަރަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް 200 ދިވެހިންނަށް ފުރުޞަތުދޭ އުސޫލުންނެވެ. ސްކޯލާޝިޕްތައް ދިނުމަށް ހަމަޖައްސާފައިވަނޯ ސިވިލް ސާވިސް މުވައްޒިފުންނަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.