އަލީ ހުސެންގެ ސުވާލެއް، ލަންކާ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންތަ؟

އަލީ ހުސެންގެ ސުވާލެއް، ލަންކާ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންތަ؟

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 09:47
0

ލަންކާގައި ދިރިއުޅޭ މުސްލިމު ރައްޔިތުންނަކީ ދެވަނަ ދެރަޖައިގެ ރައްޔިތުން ތަކެއްތޯ ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސުވާލު އުފައްދައިފިއެވެ.

ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.

ލަންކާއިން މަރުވާ މުސްލިމުން ރާއްޖެގެނެސް ވަޅުލުމުގެ މަޝްވަރާތައް ދެ ޤައުމުގެ ސަރުކާރުން ކުރަމުންދާއިރު، ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އެއްބަސްވަނީ މިކަމުގައި ލަންކާގައި ކޯވިޑްގައި ނިޔާވާ މުސްލިނުންނަށް ރާއްޖޭގައި ވަޅުމުގެ ފުރުސަތު ދިނުމަށެވެ. އެއީ މުސްލިމުންގެ ހަށިތައް އެންދުމަކީ ހުއްދަ ކަމަކަށް ނުވާތީ، މުސްލިމުންގެ ހަށިތައް ވަޅުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމުގެ ގޮތުންނެވެ.

މިކަމާއި ގުޅިގެން ގިނަބައެއްގެ ޚިޔާލް ފާޅުކުރަމުންދާއިރު، ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެފައިވަނީ ސުވާލަތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން މުސްލިމުން މަރުވުމުން ވަޅުލުން އެންމެ ރަގަނގަޅީ އެމީހަކު ހުރި ބިމެއްގައި ނޫންތޯއާއި، ލަންކާގެ ސަރުކާރުން ލަންކާގެ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ މީހުކަމަށް ހަދާފައިވަނީތޯ އަލީ ހުސެއިން ވަނި ސުވާލު އުފައްވާފައެވެ.

މުސްލިމަކު މަރުވުމުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު އޭރު ހުރި ބިމެއްގައި ކަފުންކޮށް ކަށުނަމާދުކޮށް ވަޅުލުމެއް ނޫންބާ؟ ލަންކާގެ މުސްލިމުންވެސް އެދޭނީ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ވަޅުލުމަށް. ލަންކާގެ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންތަ؟

– އަލީ ހުސެއިން ވިދާޅުވިއެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.